އެމްއެމްޕީއާރުސީގެ މައްސަލައިގަ ޕީޖީ ޝަމީމްއާއި ގުޅުން ހުރި މައްސަލައެއް ބާ ކައުންސިލަށް!

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ މައްސަލައެއް ބާ ކައުންސިލަށް ހުށަހަޅައިފި އެވެ. ބާ ކައުންސިލަށް ހުށަހަޅާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމ...

19 Jul 2020 | 10:29

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ މައްސަލައެއް ބާ ކައުންސިލަށް ހުށަހަޅައިފި އެވެ.

ބާ ކައުންސިލަށް ހުށަހަޅާފައިވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ދައުލަތް ތަމްސީލު ކުރެއްވުމަކީ މަސްލަހަތު ފުށޫއަރާ ކަމެއް ކަމަށް ބުނެ އެވެ. އަދި އެއީ ވަކީލުންގެ ސުލޫކާ ހިލާފު ކަމެއް ކަމަށް ބާ ކައުންސިލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ.

އެ ފަދަ މައްސަލައެއް އެ ކައުންސިލަށް ހުށަހެޅިކަން ބާ ކައުންސިލުން ވަނީ މީޑިއާގައި ވަނީ ކަށަވަރުކޮށްދީފައި އެވެ.

އެ މައްސަލައިގަ ބުނެފައިވަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ދައުވާ ލިބޭ ބައެއްގެ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ފަހު، ޝަމީމް ހަމަ އެ މައްސަލައިގައި ދައުލަތުގެ އިސް ވަކީލެއްގެ ގޮތުން އެ މީހުންނާ ދެކޮޅަށް މަސައްކަތް ކުރުމަކީ ވަކީލުންގެ ސުލޫކާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި އޭނާގެ އަމަލުތަކަކީ ގާނޫނީ ވަކީލުންނާމެދު އާންމުންގެ އިތުބާރު ގެއްލިދާނެ ފަދަ ކަމެއް ކަމަށް މައްސަލައިގައި ބުނެފައިވެ އެވެ.

ޝަމީމް އާއި ދެކޮޅަށް ހުށަހެޅި އެ މައްސަލައިގަ ބުނެފައިވާގޮތުގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ޕީޖީ ޝަމީމް މީގެ ކުރިން މަސައްކަތް ކުރައްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަތަކުގައި ފުލުހުންނާއި ކޯޓުތަކުން ދޫކުރި ލިޔުންތަކުގައި ޒިޔަތުގެ ފަރާތުން ވަކީލެއްގެ ގޮތުގައި އޭނާ ސޮއި ކުރައްވާފައިވާ ކަމަށެވެ.

އެމްއެމްޕީއާރްސީގެ މައްސަލައިގައި ތުހުމަތު ކުރެވޭ ގ. އޮއިވާލި، މުހައްމަދު ހުސެއިންގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރެއްވި ކަމަށް ބާ ކައުންސިލަށް ހުށަހެޅި މައްސަލައިގައި ބުނެފައިވެ އެވެ. އެގޮތުން 2019 ވަނަ އަހަރުގެ ތެރޭގައި މުހައްމަދު ހުސެއިންއަށް ދައުވާ ނުކުރުމަށް ދައުލަތާ އެކު ހެދި ޕްލީ ބާގެއިން އެގްރީމަންޓުގައި މުހައްމަދުގެ ވަކީލެއްގެ ގޮތުގައި ސޮއިކުރައްވާފައިވަނީ ޝަމީމް ކަމަށް ބުނެފައިވެ އެވެ.

މީގެ އިތުރުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާނޫނީ ވަކީލެއްގެ ގޮތުގައިވެސް ޕީޖީ ޝަމީމް މަސައްކަތް ކުރައްވާފައިވާކަމަށް ފާހަގަކޮށްފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް