55 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ޔެލޯ އެލާޓު

މޫސުން ގޯސްވެ 55 މޭލަށް ވައިދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފި އެވެ. ޔެލޯ އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 12:00 ން ހަވީރު 4:00 އަށެވެ. އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ...

19 Jul 2020 | 07:27

މޫސުން ގޯސްވެ 55 މޭލަށް ވައިދަވާނެ ކަމަށް ލަފާކޮށް ޔެލޯ އެލާޓު ނެރެފި އެވެ.

ޔެލޯ އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 12:00 ން ހަވީރު 4:00 އަށެވެ. އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނީ އެ ސަރަހައްދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުމާއި އެކު ވައި ގަދަވާނެ ކަމަށެވެ. އާންމުކޮށް ވައި ޖެހޭނީ 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރު މިނުގައި ކަމަށް ބުނެ އެވެ.

އެކަމަކު ވިލާގަނޑުގައި 50 މޭލާއި 55 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ. އަދި ގަނޑުތައް ގަދަވާނެ އެވެ.

ޔެލޯ އެލާޓު ނެރެނީ މޫސުން ގޯސްވެ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެންގުމުގެ ގޮތުންނެވެ.

މެޓް އޮފީހުން ވަނީ މޫސުމަށް ސަމާލުވެ ދަތުރު ކުރުމަށް އިލްތިމާސްކޮށްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް