މާވަށު ބަނދަރުގެ 37 ޕަސެންޓު މަސައްކަތް ނިންމައިފި

ލ. މާވަށު ބަނދަރު ހެދުމުގެ މަޝްރޫގެ 37 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ. މި މަސައްކަތް ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. އެމްޓީސީސީ އިން ބުނީ، މި މަޝްރޫޢުގެ ދަށުން ...

19 Jul 2020 | 07:15

ލ. މާވަށު ބަނދަރު ހެދުމުގެ މަޝްރޫގެ 37 ޕަސެންޓު މަސައްކަތް ނިމިފައިވާ ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

މި މަސައްކަތް ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެމްޓީސީސީ އިން ބުނީ، މި މަޝްރޫޢުގެ ދަށުން 26،885 ކިއުބިކް މީޓަރަށް ބަނދަރު ފުންކުރުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓާ ލުން ހިމެނޭ ކަމަށެވެ. އަދި 40 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 110 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމާއި، ރޭމްޕް އެޅުމާއި މޫރިންގް ބްލޮކްސް ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށެވެ.

މާވަށު ބަނދަރު މަޝްރޫއުގެ ތެރެއިން ކުރިން ހަދާފައިވާ ބަނދަރާއި ނެރުގެ މެއިންޓަނަންސް މަސައްކަތް މިހާރު ވަނީ ނިމިފައި އެވެ. ކީ ވޯލް ޖެހުމަށް ބޭނުންވާ ބްލޮކްސް ބެހެއްޓުމުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހު ފަށާފައިވާ ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

07 އޭޕްރިލް 2020 ގައި އަމަލީ މަސައްކަތް ފެށިގެން ކުރިއަށް ގެންދާ މި މަޝްރޫޢަކީ 27.3 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް