ތިން ގެއަކާއި އޮފީހެއް ބަލާ ފާސްކޮށް މަސްތުވާތަކެއްޗާއެކު ހިންމަފުށިން ދެމީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް  ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސާއި ކ.ހިންމަފުށި ޕޮލިސްސްޓޭޝަން ގުޅިގެން ހިންމަފުށީގައި ކުރިއަށް ގެންދިޔަ ...

19 Jul 2020 | 05:40

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޑްރަގް އެންފޯސްމަންޓް  ޑިޕާޓްމަންޓާއި ޑްރަގް އިންޓެލިޖެންސާއި ކ.ހިންމަފުށި ޕޮލިސްސްޓޭޝަން ގުޅިގެން ހިންމަފުށީގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 39 އަހަރުގެ ދިވެހި ފިރިހެނަކާއި 31 އަހަރުގެ ބަނގުލަދޭޝް ފިރިހެނެކެވެ.

ފުލުހުން ބުނެފައިވާގޮތުގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖުލައި މަހު 16 ވަނަ ދުވަހުގެ ހަވީރުން ފެށިގެން 17 ވަނަ ދުވަހުގެ ހެނދުނާއި ހަމައަށް ހިންމަފުށީގައި  ކުރިއަށް ގެންދިޔަ  އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެދަށުން ތިން ގެއަކާއި އަމިއްލަ އޮފީހެއް ބަލައިފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާ މެދު ގޮތެއްނިންމުމަށް ކ.ހިންމަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15ދުވަހުގެ މުއްދަތު ދީފައިވާކަމަށާއި މި މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ހިންމަފުށީ ޕޮލިސް ސްޓޭޝަން ގުޅިގެން ދަނީ ތަހުގީގު ކުރަމުން ކަމުގައި ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް