ފެހެންދޫ ބަނދަރުގެ 43 އިންސައްތަ ނިމިއްޖެ: އެމްޓީސީސީ

ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ. އެމްޓީސީސީ އިން ބުނީ، ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ނެރު ފުންކުރުމުގެ 76 އިންސައްތ...

19 Jul 2020 | 05:28

ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ 43 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ، ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ނެރު ފުންކުރުމުގެ 76 އިންސައްތަ މަސައްކަތް ނިންމައި ހާބަރ ބޭސިން ހެދުމުގެ 80 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.

ފެހެންދޫ ބަނދަރުގެ މަޝްރޫޢުގެ ދަށުން 25،000 ކިއުބިކް މީޓަރުގެ ނެރު ފުންކުރުމާއި، 18،500 ކިއުބިކް މީޓަރުގެ ހާބަރ ބޭސިން ފުންކުރުމާއި، 130 މީޓަރުގެ ސަރަހައްދެއްގައި ބްރޭކްވޯޓަރ ލުމާއި، 282 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 214 މީޓަރުގެ ސަރަހައްދެއްގައި ކީ ވޯލް ހެދުމާއި، ފާލަން އެޅުމާއި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނޭ ކަމަށްވެސް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

10 ނޮވެމްބަރ 2019 ގައި އަމަލީ މަސައްކަތް ފަށާފައިވާ ބ. ފެހެންދޫ ބަނދަރު ހެދުމުގެ މަޝްރޫޢަކީ 49.6 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މަޝްރޫޢު އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް