މިއަދުވެސް މުޅި ރާއްޖެއަށް މޫސުން ގޯސް

މިއަދުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ. މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާއި ހަމައަށެވެ. މެ...

19 Jul 2020 | 05:12

މިއަދުވެސް މުޅި ރާއްޖެއަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 3:00 އާއި ހަމައަށެވެ.

މެޓް އޮފީހުން ބުނެފައިވާގޮތުގައި މި ވަގުތު ތަކުގައި މުޅި ރާއްޖެ ހިމެނޭހެން ބޯކޮށް ވާރޭވެހުން އަދި ގަޑިއަކު 22 މޭލާއި 27 މޭޅާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ގަދަވުން އަދި ކަނޑުތައް ގަދަވުމާއިއެކު ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މެޓް އޮފީހުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު އިއްޔެ ކަނޑުމަތީގެ ގިނަ ހާދިސާތަކެއް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ. ކަނޑުދަތުރުކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށްވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް