ނިއު ނޯމަލްގައި ލޯކަލް މާރުކޭޓު ހުޅުވުމުގެ ތައްޔާރީތައް ފަށައިފި

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ފުރަބަންދުގައި ލޯކަލް މާރުކޭޓު ބަންދުކޮށްފައިވާއިރު، މިހާރު ދެމުން އަންނަ ލުއިތަކާއެކު އެ މާރުކޭޓު އަލުން ހުޅުވުމަށް ތައްޔާރުވާން ފަށައިފިއ...

19 Jun 2020 | 11:23

ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދަށް އިއުލާނުކޮށްފައިވާ ފުރަބަންދުގައި ލޯކަލް މާރުކޭޓު ބަންދުކޮށްފައިވާއިރު، މިހާރު ދެމުން އަންނަ ލުއިތަކާއެކު އެ މާރުކޭޓު އަލުން ހުޅުވުމަށް ތައްޔާރުވާން ފަށައިފިއެވެ.

މިގޮތުން މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ "ނިއު ނޯމަލްގައި ލޯކަލް މާރުކޭޓް ހުޅުވުމުގެ ތައްޔާރީތައް މިހާރު ފައްޓާފައި"ވާކަމަށެވެ. ނަމަވެސް ހުޅުވާނެ ތާރީހެއް އަދި ބުނެފައެއް ނުވެއެވެ.

https://twitter.com/MaleCitymv/status/1273610654558023680

މާލޭ ސަރަހައްދުގައި އިއުލާނުކޮށްފައިވާ ފުރަބަންދަށް ލުއިތައް ދެމުން އަންނަނީ މަރުހަލާތަކަކަށް ބަހާލައިގެންނެވެ. އެގޮތުން މިހާރު ވަނީ ދެވަނަ މަރުހަލާގައި ލުއިތައް ދީފައެވެ. މިހާރު ދީފައިވާ ލުއިތަކުގައި މަސް މާރުކޭޓުގެ ހިދުމަތްވެސް އަދި ފަށާފައިވަނީ ހަމަ އެކަނި ޑެލިވަރީ ކުރާގޮތަށެވެ.

ބެލެވޭގޮތުގައި މަސް މާރުކޭޓާއި ލޯކަލް މާރުކޭޓް ނިއު ނޯމަލްގެ ދަށުން، ހެލްތު ޕްރޮޓެކްޝަން އޭޖެންޝީގެ އިރުޝާދު ތަކާއެކު އާއްމުކޮށް ހުޅުވާލާނީ ތިންވަނަ މަރުހަލާގައި ދޭ ލުއިތަކާއިއެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް