ރަށަށް ދާން ބޭނުންވާ 800 އަށްވުރެ ގިނަ މީހުން ކަރަންޓީނަށް ގެންގޮސްފި

ލޮކްޑައުން އާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުންގެ ތެރެއިން830 މީހަކު ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފި އެވެ. ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ އެމީހުން ކަނޑައެޅީފ...

19 May 2020 | 18:07

ލޮކްޑައުން އާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި ރަށްރަށުގެ މީހުންގެ ތެރެއިން830 މީހަކު ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފި އެވެ.

ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ އެމީހުން ކަނޑައެޅީފައިވާ އެކި ކަރަންޓީން ފެސިލިޓީތަކަށް ގެންގޮސްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަހުގެ ތެރޭގައި1،800 އެއްހާ މީހުން ޓްރާންސިޓް ކަރަންޓީން ފެސިލިޓީތަކަށް ގެންދެވޭނެ ކަމަށެވެ.

ލޮކްޑައުނާއި ގުޅިގެން މާލޭގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ރަށަށް ފޮޮނުވުމަށް އިސްކަން ދެނީ އޭޕްރިލް އެކެއްގެ ފަހުން މާލެ އައިސްފައިވާ މީހުންނަށެވެ. ދެވަނައަށް އިސްކަން ދޭނީ ސިއްހީ ފަރުވާ ހޯދަން އައިސް ފަރުވާގެ ކަންކަން ނިމިގެން ލޮކްޑައުން އާއި ގުޅިގެން ތާށިވެފައި ތިބި މީހުންނަށެވެ.

ތިންވަނަަ ބައެއްގެ ގޮތުގައި އިސްކަން ދޭނީ ރިސޯޓުތަކުން ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ރަށަށްދާން މާލެ އައިސް ލޮކްޑައުން އާއި ގުޅިގެން ނުދެވި ތާށިވެފައި ތިބި މީހުންނަށެވެ. އޭގެ ފަހުގައި އިސްކަން ދޭނީ ލޮކްޑައުންގެ ދެތިން ދުވަސް ކުރިން ވިޔަފާރީގެ ބޭނުންތަކަށް މާލެ އައިސް ތާށިވެފައިތިބި ވިޔަފާރިވެރިންނަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން ކުރިން ވިދާޅުވެފައި އެވެ.

ޖުމްލަ5،000 އަށްވުރެ ގިނަ މީހުން ރަށަށް އެނބުރި ދާން ބޭނުންވެގެން އެދިފައިވެ އެވެ. އިސްކަން ދޭތަރުތީބުގައި ތިބި1،800 އެއްހާ މީހުން ފޮނުވާލުމަށް ފަހު ބާކީ ތިބި މީހުންނަށް ޖާގަ ދިނުމާއި މެދު ގޮތެއް ނިންމާނެ ކަމަށް ސަރުކާރުން ބުނެ އެވެ.

މިގޮތަށް ކަރަންޓީން ކުރާ މީހުން ބޭތިއްބުމަށް ހަތް ރިސޯޓެއް ރާއްޖޭގެ އެކި ސަރަހައްދުތަކުން ވަނީ ހަމަޖައްސާފައި އެވެ.

ކަރަންޓީން ކުރުމަށް ފަހު ރަށްރަށަށް މީހުން ފޮނުވަން ނިންމީ އަތޮޅު ތެރޭގައި ބަލި އިތުރަށް ފެތުރުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް