ފިލައިގެން އުޅުނު ޕޮސިޓިވް އިތުރު މީހަކު ފެނިއްޖެ

ގެއްލިގެން ހޯދަމުންދާ ކޯވިޑަށް ޕޮސިޓިވް މީހުންގެ ތެރެއިން އިތުރު މީހަކު ފެނިއްޖެ އެވެ. ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮސިޓިވްވުމުން ގުޅައި ހޯދުމަށް މަސައްކަތް ފެށީ ހަތް ބިދޭސީއެކެވެ. އޭގެ ތެރެއިން ފަސް...

19 May 2020 | 17:55

ގެއްލިގެން ހޯދަމުންދާ ކޯވިޑަށް ޕޮސިޓިވް މީހުންގެ ތެރެއިން އިތުރު މީހަކު ފެނިއްޖެ އެވެ.

ރެންޑަމް ސާމްޕަލްގެ ތެރެއިން ޕޮސިޓިވްވުމުން ގުޅައި ހޯދުމަށް މަސައްކަތް ފެށީ ހަތް ބިދޭސީއެކެވެ. އޭގެ ތެރެއިން ފަސް މީހަކު މީގެ ކުރިން ވަނީ ފެނިފައި އެވެ. ފަހުން ހޯދަމުން ދިޔަ ދެމީހުންގެ ތެރެއިން އެކަކު ފެނިފައިވަނީ އިއްޔެ އެވެ.

އަދިވެސް އެކަކު ފެނިފައިނުވާއިރު އެމީހާގެ ވަނަވަރު އާންމު ނުކުރާ މައްސަލައިގަ މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ދުވަސް" އިން ސުވާލު ކުރުމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ އެމީހާ ނުފެނުނު ކަމަށް ނިންމައި އާންމުންގެ އެހީތެރިކަމަށް އެދި މައުލޫމާތު އާންމު ކުރާނީ ފުލުހުންނަށް އެމީހާ ނުހޯދިއްޖެ ނަމަ ކަމަށެވެ. އޭނާ ވިދާޅުވީ ފުލުހުންނަށް އެމީހާ ހޯދޭނެކަމަށް ބެލެވޭ ކަމަށެވެ.

އޭގެތެރެއިން ހަތަރު މީހުންނަކީ ސަރުކާރުން ހަދާފައިވާ ކޮންޓެއިންމެންޓު ސައިޓުތަކުގައި ދިރިއުޅުނު މީހުންނެވެ. އެމީހުން ޕޮސިޓިވްވުމުން ސައިޓުތަކަށް ބަލާދިޔައިރު އޭގެ ތެރެއިން ފުރަތަމަ ފެނިފައިވަނީ ތިން މީހެކެވެ.

އަނެއް މިހާގެ ހާލު ސީރިއަސްވެގެން އަމިއްލައަށް އެ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލަށް ދިޔައީ ކަމަށް މަބްރޫކް މީގެ ކުރިން ވިދާޅުވެފައިވެ އެވެ. އެމީހާއަށް ފަރުވާދެމުންދަނީ ޓްރީ ޓޮޕްގެ އައިސީޔޫގައި ވެންލޭޓަރުގައި އެވެ.

އަނެއް ތިން މީހުން ސާމްޕަލް ދިނުމަށް ދިން ފޯން ނަމްބަރާއި އެޑްރެހުންވެސް އެމީހުން ފެނިފައެއް ނުވެ އެވެ.

މި އެންމެންނަކީވެސް ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންނެވެ. މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވެފައިވާ މީހުންގެ ދެބައިކުޅަ އެއްބަޔަކީ ބަންގްލަދޭޝް މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް