ޑީއެޗް11 ގައި ވެންޓިލޭޓަރުގައި އޮތް މީހާ ކޯވިޑުން ރަނގަޅުވެއްޖެ

ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކޯވިޑް-19 އަށް ފަރުވާދެމުން ދިޔަ މީހާ ބަލިން ރަނގަޅުވެއްޖެ އެވެ. އެއީ އުމުރުން80 އަހަރުގެ ފިރިހެނެކެވެ. އެމީހާ ވެންޓިލޭޓަރަށް ލީތާ މިހާރު ދެ ހަފ...

19 May 2020 | 17:29

ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ވެންޓިލޭޓަރުގައި ކޯވިޑް-19 އަށް ފަރުވާދެމުން ދިޔަ މީހާ ބަލިން ރަނގަޅުވެއްޖެ އެވެ.

އެއީ އުމުރުން80 އަހަރުގެ ފިރިހެނެކެވެ. އެމީހާ ވެންޓިލޭޓަރަށް ލީތާ މިހާރު ދެ ހަފްތާއަށްވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ އެމީހާއަށް ނޭވާ ލެވެން ފެށުމުން ވެންޓިލެޓަރުން ނަގާފައިވާ ކަމަށެވެ. އަދި ވެންޓިލޭޓަރުން ނެގުމަށް ފަހު ބަލީގެ އަލާމާތްތައް ފިލާގައިވާތީ ބަލިން ރަނގަޅުވިތޯ ބަލަން ޓެސްޓު ކުރި ކަމަށެވެ.

ޑޮކްޓަރު ވިދާޅުވީ ދެ ޓެސްޓުގެ ނަތީޖާވެސް ނެގެޓިވް ކަމަށެވެ. އެހެންވެ އެމީހާ މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށް ނިންމާފައިވާ ކަމަށެވެ.

ކޯވިޑަށް ޕޮސިޓިވްވާ މީހުން ރަނގަޅުވިކަމަށް ނިންމަނީ14 ދުވަހުގެ އައިސޮލޭޝަން މުއްދަތެއް ފުރިހަމަކުރުމަށް ފަހު ބަލީގެ އަލާމާތްތައް އެއްކޮށް ފިލައިގެން ދިއުމުން ދެ ފަހަރު ވައިރަހަށް ޓެސްޓުކޮށް ނެގެޓިވް ވުމުންނެވެ. އަދި އޭގެ ފަހުން14 ދުވަހުގެ އައިސޮލޭޝަން މުއްދަތެއް ފުރިހަމަ ކުރުމަށް ފަހު ކޯވިޑަށް ޓެސްޓުކޮށް ނެގެޓިވް ވެއްޖެ ނަމަ ދޫކޮށްލައި އެވެ.

މިހާތަނަށް ރާއްޖެއިން ވައިރަސްއަށް ޕޮސިޓިވްވި މީހުންގެ ތެރެއިން86 މީހަކު ވަނީ ރަނގަޅުވެފައި އެވެ.

ވައިރަސްއަށް ޕޮސިޓިވްވެފައިވަނީ ޖުމްލަ1،143 މީހުންނެވެ. މި ބަލީގައި ހަތަރު މީހަކު މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް