ކޯވިޑް-19 އަށް ރާއްޖެއިން އިތުރު 37 މީހަކު ޕޮސިޓިވްވެއްޖެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ޕޮސިޓިވްވެފައިވަނީ 15 ދިވެހިންނާއި 22 ބިދޭސީން ކަމަށެވެ. ބިދޭސީންގެ ތެރޭގައި ހިމެނެނީ 19 ބަންގްލަދޭޝް މީހުންނާއި އިންޑިއާގެ ތިން މީހެކެވެ.
އެޗްޕީއޭއިން ބުނީ މިއަދާއި ހިސާބަށް ބަލިން ރަނގަޅުވެފައިވާ މީހުންގެ އަދަދުވެސް 80 އަށް އިތުރުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ ދިވެހިންނެވެ.
ބައްޔަށް ފަރުވާދެމުންދާ މީހުންގެ ތެރެއިން13 މީހަކަށް ފަރުވާދެމުންދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ. ހާލު ސީރިއަސްވެ ވެންޓިލޭޓަރުގައި ދެމީހަކަށް ފަރުވާދެމުންދެ އެވެ.
މިހާތަނަށް ރާއްޖެއިން ޕޮސިޓިވްވި މީހުންގެ ޖުމްލަ އަދަދު1،143 އަށް ވަނީ އަރާފައި އެވެ.
މި ބަލީގައި މިހާތަނަސް މަރުވެފައިވަނީ ހަތަރު މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ތިން ދިވެހިންނާއި ބިދޭސީ އެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް