ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކޮށް ބޮޑު ބަޔަކަށް ހުދު އެލާޓު!

މޫސުން ގޯސްވެ ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު އެލާޓު ނެރެފި އެވެ. އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 2:00 ން މިރޭ 7:00 އަށެވެ. ހުދު އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ...

19 May 2020 | 10:23

މޫސުން ގޯސްވެ ކަނޑާއި ވައި ގަދަވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު އެލާޓު ނެރެފި އެވެ.

އެލާޓު ނެރެފައިވަނީ މިއަދު މެންދުރު 2:00 ން މިރޭ 7:00 އަށެވެ. ހުދު އެލާޓު ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ލ. އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ.

މެޓް އޮފީހުން ބުނީ އެލާޓު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދުތަކުގެ ރަށްތަކަށް އާންމުގޮތެއްގައި 19 މޭލާއި 25 މޭލަށް ވައި ޖެހުނު ނަމަވެސް50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ އެވެ.

އެ އިދާރާއިން ލަފާ ކުރާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރައިގަ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އެރުމުގެ ފުރުސަތު އެބައޮތެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރާނެ އެވެ.

ވައިޓް އެލާޓު ނެރެނީ މޫސުން ގޯސްވެ ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވެ ތިބުމަށް ހަނދާން ކޮށްދިނުމުގެ ގޮތުންނެވެ.

މި ދުވަސްވަރު ރާއްޖެއަށް ކުރަންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަ އާއި ބޭއޮފް ބެންގާލްގައި އުފެދިފައިވާ ތޫފާނެއްގެ ނުސީދާ އަސަރު ކަމަށް މެޓް އޮފީހުން ބުނެ އެވެ.

މިދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ކުރަމުންދާ ވިއްސާރައިގަ ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ. އެގޮތުން ފެންބޮޑުވުމާއި، ގޭގޭގެ ފުރާޅު އެއްލާލުން އަދި ބޮޑެތި ގަސްތައް ވެއްޓުމުގެ ހާދިސާތަށް ހިނގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް