ކޯވިޑް-19 އަށް ޕޮސިޓީވްވި މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު80 އަށް އަރައިފި އެވެ.
އެޗްޕީއޭގެ ޑޭޝްބޯޑުން ދައްކާގޮތުގައި މިއަދުގެ މިހާތަނަށް ބަލިން ހަތަރު މީހަކު ވަނީ ރަނގަޅުވެފައި އެވެ. މިދިޔަ ދެ ދުވަހަށް ބަލާއިރު އިއްޔެ ދެ މީހަކު ބަލިން ރަނގަޅުވެފައިވާއިރު އޭގެ ކުރީ ދުވަހު15 މީހުން ބަލިން ރަނގަޅުވެފައިވެ އެވެ.
މިހާތަށް ޕޮސިޓިވްވި މީހުންގެ ތެރެއިން ރަނގަޅުވެފައި މިވަނީ ހަތް ޕަސެންޓު މީހުންނެވެ. މިއަދު ބަލިން ރަނގަޅުވި މީހުންގެ ގައުމާއި ޖިންސް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު މިހާތަނަށް ރަނގަޅުވި ގިނަ މީހުންނަކީ ދިވެހިންނެވެ.
ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން ކޮންމެ ދުވަހަކުވެސް މިހާރު ބަޔަކު ރަނގަޅުވާކަމަށް އެޗްޕީއޭއިން ބުނެ އެވެ.
ބަލިން ރަނގަޅުވިކަމަށް ނިންމަނީ14 ދުވަހުގެ އައިސޮލޭޝަން މުއްދަތު ފުރިހަމަކޮށް، އަލާމާތްތައް ފިލުމުން ދެ ފަހަރު ކޯވިޑަށް ޓެސްޓުކޮށް ނަތީޖާ ނެގެޓިވްވުމުންނެވެ. އޭގެ ފަހުން ދޫކޮށްލުމުގެ ކުރިން އިތުރު14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ކޯވިޑަށް ޓެސްޓު ކުރެ އެވެ.
މިހާތަނަށް ރާއްޖެއިން1،106 މީހަކަށް ވައިރަސް ޖެހިފައިވެ އެވެ. ބަލީގައި މަރުވެފައިވަނީ ހަތަރު މީހުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް