ކޮވިޑަށް މިއަދު 157 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފައިވާގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން 71 މީހަކު ރަށް ރަށުން 72 މީހަކު އަދި ރިސޯޓްތަކުން 12 މީހަކު ޕޮޒިޓިވް ވެފައިވެއެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 3122 ސާމްޕަލެއް ޓެސްޓް ކޮށްފައިވާކަމަށް ބުނެފައިވެއެވެ.
މިއަދު 157 މީހަކު ޕޮޒިޓިވް ވެފައިވާއިރު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވް ވި ޖުމްލަ އަދަދު 26،505 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް