ކުރީގެ ރައީސް ޔާމީން ކޮވިޑް ވެކްސިން ޖައްސަވައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިރޭ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި އެވެ. ކަރެކްޝަނަލް ސާވިސްއިން ވިދާޅުވި ގޮތުގައި މިރޭ އޭޑީކޭ ހޮސްޕިޓަލުން ޔާމީން ވަނީ ކޮވިޑްގެ ފުރަތަމަ ...

19 Apr 2021 | 17:11

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިރޭ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖައްސަވައިފި އެވެ.

ކަރެކްޝަނަލް ސާވިސްއިން ވިދާޅުވި ގޮތުގައި މިރޭ އޭޑީކޭ ހޮސްޕިޓަލުން ޔާމީން ވަނީ ކޮވިޑްގެ ފުރަތަމަ ޑޯޒް ފުރިހަމަ ކުރައްވާފައިވާ ކަމަށެވެ.

ރައީސް ޔާމީން ޖެއްސެވީ ކޮވިޑް ގެ ކޮން ވެކްސިނެއްކަމެއް ކަރެކްޝަންސްއިން ވިދާޅުވެފައެއް ނުވެއެވެ. ނަމަވެސް މައުލޫމާތު ލިބޭ ގޮތުގައި އެމަނިކުފާނު ޖެއްސެވީ ފައިޒާ ވެކްސިންއެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑަށް ތިން ވެކްސިނެއް ދެމުން އެބަ ގެންދެއެވެ. އޭގެ ތެރެއިން ފުރަތަމަ ޑޯޒް ގެ ގޮތުގައި ދެމުން އަންނަނީ ސިނޮފާމް އަދި ފައިޒާ ވެކްސިންއެވެ. އެވަނަ ޑޯޒް ގެ ގޮތުގައި ކުރިން ކޮވިޝީލްޑް ޖެހި މީހުނަށް މިހާރު ކޮވިޝީލްޑްގެ ދެވަނަ ޑޯޒް ދެމުން ދާއިރު، މާދަމާއިން ފެށިގެން ސިނޮމާފް ވެކްސިންގެ ދެވަނަ ޑޯޒް ވެސް ދޭން ފަށާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް