އަލްހާން އެމްޑީޕީއަށް ދާން ދަތުރު ފަށައިފި !

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އަލްހާން ފަހުމީ އެމްޑީޕީއަށް ދިއުމުގެ ދަތުރު ފަށައިފިއެވެ. މިކަން ހާމަކޮށް އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އ...

19 Apr 2021 | 16:38

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރެއްވި އަލްހާން ފަހުމީ އެމްޑީޕީއަށް ދިއުމުގެ ދަތުރު ފަށައިފިއެވެ.

މިކަން ހާމަކޮށް އަލްހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އޭނާ އަނެއްކާވެސް ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު ސިޔާސީ މުއައްސަސާ، އެމްޑީޕީ އިސްލާހު ކުރުމުގެ މަސައްކަތް ކުރިއަށް އެޕާޓީއަށް ދާނެ ކަމަށެވެ.

"ޕާޓީން އަޅުގަނޑު ވަކި ކުރީ އެ މަސައްކަތް ކުރާތީ ނަޝީދުގެ ނުހަމަ ހުދުމުހުތާރު ނުފޫޒު ބޭނުންކޮށްގެން" އަލްހާން ވިދާޅުވިއެވެ.

އަލްހާން ކުރިން އެމްޑީޕީގެ ނައިބު ރައީސްކަން ކުރެއްވިއެވެ. އެ ޕާޓީން އޭނާ ވަނީ ވަކިކޮށްފައެވެ.

އޭގެ ފަހުން ރާއްޖޭގެ ސިޔާސީ ހުރިހާ ޕާޓީއަކުން ހެން އަލްހާން ފެނިގެން ގޮސްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް