މާލެ ސަރަހައްދުގައި ސިނޮފާމްގެ ދެވަމަ ޑޯޒް މާދަމާ ދޭން ފަށާނެ ކަމަށް އެޗްޕީއޭއިން ބުނެފިއެވެ.
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް މާދަމާ ދޭނީ، މާރޗް22 އަދި23 ވަނަ ދުވަހު ސިނޮފާމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ފަރާތްތަކަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލހުގައި ރޭގަނޑު 21"00 އިން 23:30 އަށް ވެކްސިން ދިނުން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، ޓްރީޓޮޕް ހޮސްޕިޓަލުގައި، ރޭގަނޑު 20:30 އިން23:30 އަށް ވެކްސިން ދިނުން ކުރިއަށް ދާނެއެވެ. އަދި ރޯދަ ނޫން ފަރާތްތަކަށް، ޓްރީޓޮޕް ހޮސްޕިޓަލުން މެންދުރު ކުރި 10:00 އިން12:00 އަށް ވެކްސިން ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.
ސިނޮފާމް ވެކްސިންގެ ދެވަނަ ޑޯޒް، ރައްޔިތުންގެ މަޖިލީހާއި ޓްރީޓޮޕް ހޮސްޕިޓަލުން ދިނުމަށް ހަމަޖެހިފައި ވާއިރު، ކޮވިޝީލްޑޤ ވެކްސިންގެ ދެވަނަ ޑޯޒް ދެމުން ގެންދާނީ ސޯޝަލް ސެންޓަރ، ނޭޝަނަލް އާޓް ގެލަރީ އަދި ހުޅުމާލެ ވެކްސިނޭޝަން ސެންޓަރގައެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ދެމުން އަންނަނީ އޮންލައިން ކިއޫއެއްގައި، ނަންބަރު ދޫކުރާ އުސޫލުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް