ގާފަރަށް ހޮނު އަޅައި މަގުތައް ކަނު އަނދިރީގައި!

ކ. ގާފަރަށް ހޮނު އަޅައި މަގު ބައްތިތަކަށް ގެއްލުންވެ، ރަށުގެ ބައެއް މަގުތައް އަނދިރިވެއްޖެއެވެ. ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް ދުވަސް ނޫހަށް ވިދާޅުވީ، އެ ރަަށަށް ހޮނު އެޅީ ހޮނިހިރު ދުވަހ...

19 Apr 2021 | 15:44

ކ. ގާފަރަށް ހޮނު އަޅައި މަގު ބައްތިތަކަށް ގެއްލުންވެ، ރަށުގެ ބައެއް މަގުތައް އަނދިރިވެއްޖެއެވެ.

ގާފަރު ކައުންސިލްގެ ރައީސް މުބައްޝިރު ޖަލީލް ދުވަސް ނޫހަށް ވިދާޅުވީ، އެ ރަަށަށް ހޮނު އެޅީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައެވެ. އޭނާ ވިދާޅުވީ، އެކަމުގެ ސަބަބުން އާންމުތަކެއްޗާއި މުދަލަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ.

މުބައްޝިރު ވިދާޅުވީ، އެގޮތުން ބައެއް ގޭގެ ޓީވީ، ފަންކާ އަދި ބޮކި ފަދަ ކަރަންޓް ސާމާނު ހަލާކުވެފައިވާ ކަމަށެވެ.

ބައެއް މަގު ބައްތިތައް ހަލާކުވެފައި ވާތީ، އާ ބައްތި ހަރުކުރުމުގެ މަސައްކަތް ކައުންސިލުން ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ހޮނު އެޅުމުގެ ސަބަބުން ގާފަރުގެ ކޭބަލް ޓީވީ ނެޓު ވޯކަށް ވެސް ވަނީ ބުރޫއަރާފައެވެ. ބައެއް ގޭގެއަށް އަދި ވެސް އެ ޚިދުމަތް ނުލިބޭ ކަމަށް މައުލޫމާތު ލިބެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް