ވެރިކަމުގެ ނިޒާމުގެ ބަހުސްގައި ރައީސް މައުމޫން މިއަދު ދެއްކެވި ވާހަކަފުޅަށް، ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވަރަށް ތަފާތު ރައްދެއް ދެއްވައިފިއެވެ.
ނިޒާމުގެ ވާހަކައިގާ ރައީސް މައުމޫން މިއަދު ވިދާޅުވެފައިވަނީ ރާއްޖޭގެ ހިންގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށެވެ. ވެރިކަމުގެ ނިޒާމު އިރުއިރުކޮޅުން ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
ރައީސް މައުމޫންގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި އަލީ އާޒިމް ސުވާލު އުފައްދާފައިވަނީ ރައްޔިތުން ބޭނުންވެއްޖެ ނަމަ އިރުއިރުކޮޅާވެސް ބަދަލު ކުރެވިދާނެ ކަމަށެވެ.
ނިޒާމުގެ ބަހުސް ހޫނުވެފައިމިވަނީ ބަރުލަމާނީ ނިޒާމު ގެނެސް ބޮޑު ވަޒީރުކަން ބޭނުންފުޅުވާކަމަށް ރައީސް ނަޝީދު ރައީސް ސޯލިހް އަރިހުން ދެންނެވި ހިސާބުންނެވެ.
https://twitter.com/aliaazim/status/1384142043891462144
ރައީސް ނަޝީދު ރައީސް ސޯލިހް އަރިހު އެ ވާހަކަ ދެންނެވީ މެސެޖަކުންނެވެ. އެ މެސެޖުގެ ޖަވާބުގައި ރައީސް ސޯލިހް ވިދާޅުވެފައިވަނީ ގޮތް ނިންމާނީ ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް