ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން އަނެއްކާވެސް މުޒާހަރާ ކުރަން ނިންމައިފި އެވެ.
މަނީލޯންޑަރިންގެ ކުށް ސާބިތުވެ5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ރައީސް ޔާމީން ޖަލު ބަންދުގައި ހުންނަވާތާ މިއަދަށް500 ދުވަސް ވަނީ ވެފަ އެވެ. އެމަނިކުފާނު ޖަލަށްލާން ހުކުމް ކުރީ 2019 ނޮވެމްބަރު 28 ވަނަ ދުވަހު އެވެ.
އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަގުމަތީ ހަރަކާތްތައް ރާވާ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ މުޒާހަރާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުގެ ރޭ ކަމަށެވެ. އޭނާ ވިދާޅުވީ އެ ރޭ މުޒާހަރާ ކުރުމަށް ނިންމާފައިވަނީ މުޅި ރާއްޖޭގައި ކަމަށާއި އެކަމަށް އެކި ސަރަހައްދުތަކުން ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.
މުހައްމަދު އިސްމާއިލް ވިދާޅުވީ ރައީސް ޔާމީން ގެއަށް ބަދަލު ކުރުމާ ގުޅޭ ގޮތުން ސަރުކާރާ އެކު ގިނަ މަޝްވަރާތަކެއް ކުރެވި، ގިނަ ސިޓީތައް ބަދަލު ކުރެވިފައިވާ ކަމަށެވެ. އެކަމަކު އެމަނިކުފާނު ގެއަށް ބަދަލުކުރައްވާނެ ކަމަށް ބުނެ ރޯދަ މަސް އައިރުވެސް ލުޔެއް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާލުވީ ރައީސް ޔާމީނަށް ލުޔެއް ދޭން ސަރުކާރުން ބޭނުންވެސް ނުވާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ޔާމީން ގެއަށް ބަދަލު ނުކުރާ މައްސަލައިގައި އިދިކޮޅު ފަރާތްތަކުން ދެން މަޑުން ނުތިބޭނެ ކަމަށް ވިދާޅުވި އެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލުހުމާއި ފަސް މިލިއަން ރުފިޔާގެ ޖޫރިމަނާއަށް ހައި ކޯޓުން ވަނީ ތައީދު ކޮށްފައި އެވެ. އެ މައްސަލަ އިދިކޮޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މިއަދު އެ މައްސަލަ ވަނީ ބަލައިގެންފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް