އެމްޑީޕީގެ އެތެރޭގެ އިންތިހާބު އަންނަ މަހު 29ގައި ބާއްވަނީ

އެމްޑީޕީގެ ހިންގާ ކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބު އަންނަ މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ. އެމްޑިޕީގެ އެތެރޭގެ އިންތިހާބު އިއްޔެ އިއުލާނު ކުރި އިރު އިންތިހާޞު އިއުލާނު ކުރުމުގެ ...

19 Apr 2021 | 09:51

އެމްޑީޕީގެ ހިންގާ ކޮމިޓީތަކާއި ޕްރޮވިންސްތަކުގެ އިންތިހާބު އަންނަ މަހުގެ 29 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

އެމްޑިޕީގެ އެތެރޭގެ އިންތިހާބު އިއްޔެ އިއުލާނު ކުރި އިރު އިންތިހާޞު އިއުލާނު ކުރުމުގެ މާ ކުރިން ދާއިރާތަކުގެ އެކި މަގާމުތަކަށް ކުރިމަތިލާ ފަރާތްތަކުން ވަނީ ކެމްޕެއިން ފަށާފަ އެވެ. އޭގެތެރޭގައި ޕާޓީގެ އިސް ފަރާތްތަކާ ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ ވެރިންވެސް ހިމެނެއެވެ. އަދި ފޯރިއާއެކު ކެމްޕެއިންގެ ކަންކަން ވަނީ ފަށާފައެވެ.

އެމްޑީޕީން ބުނީ މި އިންތިޚާބުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ އެ ދާއިރާއެއްގައި ހިމެނޭ ޕާޓީގެ އާއްމު މެންބަރުން އެކަނި ކަމަށެވެ. މި އިންތިހާބުގައި ވޯޓު ލެވޭނީ އިއްޔެގެ ނިޔަލަށް އެމްޑީޕީގެ މެމްބަރުންގެ ގޮތުގައި ތިބި މީހުންނެވެ.

އެމްޑީޕީން ބުނީ އިންތިހާބުގެ ކަންކަން ކުރިޔަށް ގެންދިއުމަށް އިއްޔެއިން ފެށިގެން އަންނަ މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އެމްޑީޕީގެ މެމްބަރަކަށް ވުމަށް އެދޭ ފޯމު ބަލައިގަތުން މެދުކަނޑާލާފައިވާ ކަމަށެވެ.

އެމްޑީޕީން އެންމެ ފަހުން އިންތިޚާބުކޮށްފައިވާ ޤައުމީ މަޖިލީހުގައި 140 އަށްވުރެ ގިނަ މެންބަރުން ހިމެނެއެވެ. މި މެންބަރުން އިންތިޚާބުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހަކީ ޕާޓީގެ އެންމެ މުހިންމު ނިންމުންތައް ނިންމުމުގައި މަޝްވަރާ ކުރާ މަޖިލީހެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް