ކުރީގެ ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވި ހުކު އިސްތިއުނާފް، ސުޕްރިމް ކޯޓުން ބަލައިގެންފިއެވެ.
2019 ވަނަ އަހަރުގެ ނޮވެމްބަރ 28 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވި ފަސް ގާޒީންގެ އިއްތިފާގުން ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ މައްޗަށް ހުކުމް ކޮށްފައެވެ.
އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޔާމީންއަށް ޙުކުމް އިއްވަމުން ސްޕްރީމް ކޯޓުގެ ޢާޒީ ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓްގައި ހުރި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ބަދަލުގައި އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، ޚިޔާނާތުގެ ފައިސާއިން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްމަންޓްކޮށް މަންފާ ހޯދައި އަސްލު އޮޅުވާލައިފައިވާކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުން ތާއީދު ކޮށްފައިވަނީ މި އަހަރުގެ ޖެނުއަރީ21 ވަނަ ދުވަހުއެވެ.
ހައި ކޯޓުގައި ބޭއްވި އިސްތިއުނާފު ޝަރީއަތުގައި ކްރިމިނަލް ކޯޓުގެ ހުކުމް ރަނގަޅު ކަމަށް ނިންމީ ތިން ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރު ހުސައިން މަޒީދާއި ފަނޑިޔާރު މުހައްމަދު ނިޔާޒްގެ އަޣުލަބިއްޔަތުންނެވެ. ފަނޑިޔާރު ހުސައިން ޝަހީދުގެ ރައުޔަކީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށެވެ.
ޔާމީން އާއި ދެކޮލަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލީ ގއ. ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި ދައުލަތަށް ލިބެން ޖެހޭ އެއް މިިލިއަން ޑޮލަރު ދެ ފަހަރެއްގެ މަތިން އެސްއޯއެފް ކިޔާ ކުންފުންޏެއްގެ އެކައުންޓެއް މެދުވެރިކޮށް ޔާމީންގެ އެކައުންޓަކަށް ޖަމާވި ކަމަށް ބުނެ އެވެ. މި މައްސަލައިގަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި އެ ފައިސާ ބަހައްޓަން އެއްބަސްވެވަޑައިގަތުމަށް ފަހު އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، އަދި އެސްއޯއެފް އިން ޖަމާކުރި ފައިސާ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓެއްގައި އިންވެސްޓްކޮށް، އެ ފައިސާގެ އަސްލު ރައީސް ޔާމިން އޮޅުވާލެއްވި ކަމަށް އެ ދައުވާގައި ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް