ވަކި ނިޒާމަކަށް ވުރެ ބޮޑަށް ގައުމަށް މިވަގުތު ބޭނުންވަނީ އިހްލާސްތެރި، ހިންގުންތެރި ވެރިން ކަމަށް ރާއްޖޭގެ މަޝްހޫރު ޕްރޮފެސަރ ހަސަން އުގެއިލް ވިދާޅުވެއްޖެއެވެ.
އުގެއިލް ވިދާޅުވީ، މަައްސަލައަކީ ނިޒާމެއް ނޫން ކަމަށާއި ވަކި ނިޒާމަކަށް ވުރެ ބޮޑަށް ގައުމަށް މިވަގުތު ބޭނުންވަނީ އިހްލާސްތެރި އަދި ހިންގުންތެރި، ވައުދުތައް ފުއްދާ ރައްޔިތުންގެ ހައްގުގައި މަސައްކަތް ކުރާ ވެރިން ކަމަށެވެ.
އުގެއިލް މި މޭރުމުން ވާހަކަ ދައްކާފައި މިވަނީ، ރާއްޖޭގެ ބޮޑުވަޒީރުކަން ރައީސް ނަޝީދު ބޭނުންފުޅުވާކަން ރައީސް ސޯލިހަށް ދެންނެވުމާ ގުޅިގެން، މީސް މީޑިޔާގައި ގިނަ ބަޔަކު އެކަމާ ނުރުހުން ފާޅު ކުރަމުންދާ ދަނޑިވަޅެއްގައެވެ.
އެގޮތުން، ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅަކުން ބަދަލެއް ނުކުރެވޭނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓްއަށް ތާއީދު ކުރައްވައިއުގެއިލް ވަނީ ރިޓުވީޓް ކުރައްވާފައެވެ.
" ވަރަށް ބޮޑު ތެދުފުޅެއް. ވަކި ނިޒާމަކަށް ވުރެ ބޮޑަށް ގައުމަށް މިވަގުތު ބޭނުންވަނީ އިހްލާސްތެރި އަދި ހިންގުންތެރި ވެރިން" އުގެއިލް ވިދާޅުވެފައި ވެއެވެ.
https://twitter.com/ugail/status/1384058863553417216
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް