އުކާލަންޖެހޭ ބައިވަރު ކުނި އެބަހުރިތަ؟ އަވަހަށް ކެޕްސް އަށް ގުޅާލާ!

ރޯދަ މަހަކީ ގޭގެއިން ގިނަ އަދަދަށް އަދި ބަރު ކުނި އެއްފަހަރާ އުކަން ބޭނުންވާނެ މަހަކަށް ވާތީ ވެމްކޯގެ "ކެޕްސް"ގެ ހިދުމަތް ދޭ ދުވަސްތައް އިތުރުކޮށްފި އެވެ. ވެމްކޯގެ ކެޕްސް ޚިދުމަތް މިހާރު ހަފްތާގެ ކޮން...

19 Apr 2021 | 09:13

ރޯދަ މަހަކީ ގޭގެއިން ގިނަ އަދަދަށް އަދި ބަރު ކުނި އެއްފަހަރާ އުކަން ބޭނުންވާނެ މަހަކަށް ވާތީ ވެމްކޯގެ "ކެޕްސް"ގެ ހިދުމަތް ދޭ ދުވަސްތައް އިތުރުކޮށްފި އެވެ.

ވެމްކޯގެ ކެޕްސް ޚިދުމަތް މިހާރު ހަފްތާގެ ކޮންމެ ދުވަހަކުވެސް ލިބޭނެކަމަށް ވެމްކޯއިން ބުނެއެވެ. ހިދުމަތް ހޯދުމަށް 1666 އަށް ގުޅާލުމަށް ވެމްކޯއިން އެދެއެވެ.

ވެމްކޯއިން ބުނީ ކެޕްސްގެ ހިދުމަތް ހަތަރު ގައެއްގައި ދެމުންދާ ކަމަށެވެ.

އެގޮތުން 350 ކިލޯގެ ޕިކަޕް ކުނީގެ އަގަކީ250 ރުފިޔާއެވެ. އަދި1.5 ޓަނުގެ ލޮރީގެ ކުނި 550 ރުފިޔާއަށް އުކާލުމުގެ ޚިދުމަތް ދޭއިރު، 4 ޓަނުގެ ލޮރީ ކުނި އުކާލާ އަގެއްކަމަށް ވެމްކޯއިން ކަނޑައަޅާފައި ވަނީ 950 ރުފިޔާއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް