މާދަން އައްޒަގެ އުފަން ދުވަސް: އައްޒަ ބުނަނީ މާ ބޮޑު ޕްލޭނެއް ނެތް ކަމަށް !

މާދަމާއަކީ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަގެ 32 ވަނަ އުފަންދުވަހެވެ. ފިލްމީ ދާއިރާގެ އެންމެ އުހުގައި ފިޔަޖަހަމުންދާ އެއް ތަރި ކަމަށްވާ އައްޒަ އުފަންވެފައި ވަނީ 1989 ވަނަ އަހަރުގެ އޭޕްރީލް 20 ވަނަ ދުވަ...

19 Apr 2021 | 08:58

މާދަމާއަކީ މަޝްހޫރު ބަތަލާ މަރިޔަމް އައްޒަގެ 32 ވަނަ އުފަންދުވަހެވެ.

ފިލްމީ ދާއިރާގެ އެންމެ އުހުގައި ފިޔަޖަހަމުންދާ އެއް ތަރި ކަމަށްވާ އައްޒަ އުފަންވެފައި ވަނީ 1989 ވަނަ އަހަރުގެ އޭޕްރީލް 20 ވަނަ ދުވަހުއެވެ.

އުފަން ދުވަހާ ގުޅިގެން އައްޒަ އާއި ދުވަސް ނޫހުން ސުވާލުކުރުމުން އޭނާ ބުނީ ރޯދަމަސް ވީމާ އެކަން ކުރިއަށް ގެންދަން މާ ބޮޑު ޕްލޭންތަކެއް ކުރިއާލާ ކުރެވިފައި ނުވާ ކަމަށެވެ. އަދި "އެކަމާ ނުވެސް ވިސްނަން" ކަމަށް އައްޒަ ބުންޏެވެ.

މާދަމާ އައްޒަގެ އުފަން ދުވަސް ފާހަގަކުރުމަށް ނުވިސްނާ ކަމަށް އޭނާ ބުނި ނަމަވެސް ސަޕްރައިޒްއެއް އޮތުމަކީ ހަމަ ވެދާނެ ކަމެކެވެ. އާންމު ގޮތެއްގައި ސެލެބްރިޓީން މި ފަދަ ކަންކަން އެޑްވާންސްކޮށް މީޑިޔާއަށް ހާމަކުރަން ދެކޮޅު ހަދައެވެ.

އެކަމަކު މީގެ ދުވަސްކޮޅެއް ކުރިން ލަމްހާ ލަތީފް އާއި އޭނާގެ ފިރިމީހާ (ކުޑަ މުއާ)ގެ ފަރާތުން ވަނީ އެޑްވާންްސްކޮށް އުފަންދުވަހުގެ ހަދިޔާއެއް ދީފައެވެ.

އެންމެ ފަހުން އައްޒަ އޭނާގެ އުފަން ދުވަސް ކުލަ ގަދަކޮށް ފާހަގަކުރީ 2019 ވަނަ އަހަރު އޭނާގެ 30 ވަނަ އުފަން ދުވަހެވެ. 2020 އަހަރު މާ ބޮޑަށް އުފަން ދުވަސް ފާހަގަ ނުކުރެއެވެ. އެއީ ކޯވިޑް-19ގެ ހާލަތުގެ ސަބަބުން ކަމަށް ބެލެވެއެވެ.

މަރިޔަމް އައްޒައަކީ ފިލްމީ ތަރި އައިޝަތު ރިޝްމީގެ ކޮއްކޮއެވެ. އޭނާގެ މަންމަ އައިމިނަތު ރަޝީދާއަކީ ވެސް ފިލްމީ ދާއިރާގައި ފިޔަ ޖެހި ކަނބަލެކެވެ.

ޖުމުލަކޮށް ބުނާ ނަމަ އައްޒަގެ އާއިލާ "ޔާރާ ފެމިލީ" އަކީ ވަރަށް ފިލްމީ އާއިލާއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް