ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް، ކުރީގެ ރައީސް އަދި ވެރިކަން ކުރާ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބޮޑުވަޒީރުކަމަށް ވަޑައިގަންނަވާ ވާހަކައަކީ ކޯލިޝަންގެ މި ވެރިކަން އައި ހިސާބުން ފެށިގެން ވެސް އެކި ރާގުރާގަށް ދެކެވެމުން އައި ވާހަކައެވެ. އޭރު އެ ވާހަކަ ދެކެވެމުން ދިޔައި މާ އަޑު ހަރުކޮށް ނޫނެވެ.
އެކަމަކު ރޭގެ ވަގުތެއްގައި ރާއްޖޭގެ ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލީހަށް ރައީސް ނަޝީދު ފޮނުއްވެވި މެސެޖާއެކު މުޅި ރަށު ތެރޭގައި މި ވާހަކައިގެ އަޑު ގަދަވެއްޖެއެވެ. ފަތުއަޑު ކިޔާފައި ރަށު ތެރޭގައި ފެތުރުނު މި ވާހަކައާއެކު “ރިޔާސީ – ބަރުލަމާނީ” ބަހުސް މި ވަނީ މީސްމީީޑިޔާގައި ވެސް ފެށިފައެވެ.
މި ވަގުތު ރާއްޖޭގައި މި އޮތް ވެރިކަން ހިންގާ ނިޒާމް (ރިޔާސީ ނިޒާމް) ބަަރުލަމާނީ ނިޒާމަށް ބަދަލުކުރުމަށް އެއް ބަޔަކު ތާއީދުކުރަމުން ދާއިރު އެ ނިޒާމްގެ ފައިދާތައް އެ މީހުން ދަނީ ހިއްސާކުރަމުންނެވެ. އަނެއް ބަޔަކު ދަނީ ގެއްލުންތައް ބުނެދީ އެކަމާ ދެކޮޅު ހަދަމުންނެވެ.
މިކަމާ ދެކޮޅު ހެއްދެވި އެއް ބޭފޫޅަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމް އެވެ.
ރައީސް މައުމޫން ވިދާޅުވަނީ ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި ވެރިކަމުގެ ނިޒާމް އިރުއިރު ކޮޅަކުން ބަދަލެއް ނުކުރެވޭނެ ކަމަށެވެ.
https://twitter.com/maumoonagayoom/status/1384047806227259394
މީގެ އިތުރުން، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލް (އިބްރާ) ސިފަކުރެއްވީ ނަޝީދު ބައާވާތެއް ކުރައްވަން އުޅުއްވަނީ ކަމަށެވެ.
ކޯފާ އިސްކުރައްވައި، އިބްރާ އިތުރަށް ވިދާޅުވެފައި ވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު ހޮވަން އިބްރާ ވޯޓުދެއްވީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ގާނޫނު ހަދާ މަޖިލީހުގައި ބައިންދަން ކަމަށެވެ.
“ބޮޑުވަޒީރަކު ހޮވައިގެން ވެރިކަން ހިންގުމުގައި އުޅޭކަށް ނޫން” އިބްރާ ވިދާޅުވެފައިވެއެވެ.
ހަމަ މި ބަހުސުގައި އިބްރާ ވިދާޅުވެފައިވަނީ ނިޒާމު ބަދަލުކުރަންޏާ މަޖިލިސް ޖެހޭނީ އަލުން ހޮވަން ކަމަށެވެ.
އަނެއްކޮޅުން، ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވެލައްވާކަން، ރައީސް ނަޝީދު\ ދެންނެވި ހިސާބުން، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ބަރުލަމާނީ ކެމްޕޭނެއް ވަނީ ފަށާފައެވެ.
https://twitter.com/AlaikaAyesh/status/1383878808063725570
އެގޮތުން މި ކެމްޕޭނު އެންމެ ބޮޑަށް ކުރިއަށްދަނީ ޓްވިޓާގައެވެ.
ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ޓްވިޓާގައި، ބަރުލަމާނީ ނިޒާމަށް ތާއީދުކުރާކަން ހާމަކޮށް ޓްވީޓްތައް ކުރަމުންނެވެ. ބަރުލަމާނީ ނިޒާމު ރަނގަޅުކަން ހާމަކޮށް ވަކާލާތު ކުރަމުންނެވެ.
މި ބަހުސް ހޫނުކޮށް ކުރިއަށް ދާއިރު، އެންމެ ގިނަ ބަޔަކު މިހާރު އިންތިޒާރު ކުރަމުންދަނީ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙްގެ ބަސްފުޅަކަށް ނުވަތަ ނިންމެވުމަކަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް