ރާއްޖޭގައި ހިނގަމުން މިދާ ރިޔާސީ ނިޒާމަކީ ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތަކުން ނިންމާފައިވާ ނިޒާމެއް ކަމަށާއި ވެރިކަމުގެ ނިޒާމު އިރުއިރު ކޮޅަކުން ބަދަލެއް ނުކުރެވޭނެ ކަމަށް ކުރީގެ ރައީސް އަލްއުސްތާޛް މައުމޫން އަބްދުލް ޤައްޔޫމް ވިދާޅިވެއްޖެއެވެ.
https://twitter.com/maumoonagayoom/status/1384047806227259394
މައުމޫން މިހެން ވިދާޅުވެފައި މިވަނި، ރާއްޖޭގެ ބޮޑުވަޒީރުކަން ރައީސް ނަޝީދު ބޭނުންފުޅުވާކަން ރައީސް ސޯލިހަށް ދެންނެވުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު ރައީސް ޞާލިޙަށް މިކަން ދެންނެވީ ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް ނަޝީދުގެ އެ މެސެޖުގައި ވިދާޅުވެފައިވަނީ އެއް ފަރާތެއްގައި ނުހުންނަވާ ގައުމުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށެވެ.
މި މެސެޖު ކެބިނެޓުގެ ބައެއް ވަޒީރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށްވެސް ރައީސް ނަޝީދު ފޮނުއްވެވިއެވެ.
މިކަމާ ހިތްހަމަ ނުޖެހި ބައެއް ފަރާތްތަކުން ދަނީ މީސް މީޑިޔާގެ އެކި މަންސަ ތަކުގައި ނުރުހުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް