ކޮންމެވެސް ގޮތަކުން އަންނިބޭ އަތުން ފޯން އަތުލާ!

ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ފާޑު ވިދާޅުވެއްޖެއެވެ. އަންނަ އަހަރު ރާއްޖ...

19 Apr 2021 | 07:17

ބޮޑު ވަޒީރަކަށް ވެވަޑައިގަތުމަށް ބޭނުންފުޅުވާ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބްރާ) ފާޑު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރު ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާކަމަށް ރައީސް މުހައްމަދު ނަޝީދު އިއްޔެ ވަނީ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ އަރިހުގައި އެދިވަޑައިގެންފައެވެ. އަދި އެކަމުގައި ރައީސްއާ މަޝްވަރާ ކުރައްވަން ބޭނުންފުޅުވާ ކަމަށް ވެސް ރައީސް ނަޝީދު ހާމަ ކުރައްވައިފައި ވެއެވެ.

https://twitter.com/ibramandhu/status/1383901413323853830

އެ ކަމަށް އިޝާރާތް  ކުރައްވައި، ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސާ އީވާ ޢަބްދުﷲއަށް ޓެގުކޮށް އިބްރާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިހާރު ދެން އޮބި އޮންނަ ވަރެއް ނޫން ކަމަށާއި ކޮންމެވެސް ގޮތަކުން އަންނިބޭ އަތުން ފޯން އަތުލަން" އެދޭ ކަމަށެވެ.

އިބްރާ މިހެން ވިދާޅުވި އިރު، ވެރިކަމުގެ ނިޒާމް، ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވެލައްވާކަން، ރައީސް ނަޝީދު ރައީސް ޞާލީހަށް ދެންނެވި ހިސާބުން، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ވަނީ ބަރުލަމާނީ ކެމްޕޭން ފަށާފައެވެ.

އެގޮތުން މި ކެމްޕޭނު އެންމެ ބޮޑަށް ކުރިއަށްދަނީ ޓްވިޓާގައެވެ.

ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ޓްވިޓާގައި، ބަރުލަމާނީ ނިޒާމަށް ތާއީދުކުރާކަން ހާމަކޮށް ޓްވީޓްތައް ކުރަމުންނެވެ. ބަރުލަމާނީ ނިޒާމު ރަނގަޅުކަން ހާމަކޮށް ވަކާލާތު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް