ކުރީގެ ރައީސް ޔާމިން ހުރަގޭގައި 500 ދުވަސް!

މަނީލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމް ހުރަގޭގައި (ޖަލުގައި) 500 އަށްވުރެ ގިނަ ދުވަސް ހޭދަކޮށްފިއެވެ. ރައީސް ޔާމީންގެ މަށްޗަށް މަނީ ލޯންޑަރިންގެކުއް ސާބިތުވެ 5 އަހަރު ދު...

19 Apr 2021 | 06:58

މަނީލޯންޑްރިންގެ ކުށުގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމް ހުރަގޭގައި (ޖަލުގައި) 500 އަށްވުރެ ގިނަ ދުވަސް ހޭދަކޮށްފިއެވެ.

ރައީސް ޔާމީންގެ މަށްޗަށް މަނީ ލޯންޑަރިންގެކުއް ސާބިތުވެ 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ނޮވެންބަރު 28 ވަނަ ދުވަހުއެވެ. އެދުވަހުން ފެށިގެން މިހާތަނަށް 500 ދުވަސް މި ވަނީ ވެފައެވެ.

އިދިކޮޅު ސިޔާސީ ލީޑަރު ރައީސް ޔާމީންއަށް ޙުކުމް އިއްވަމުން ސްޕްރީމް ކޯޓުގެ ޢާޒީ ވިދާޅުވީ އެމަނިކުފާނުގެ އެކައުންޓްގައި ހުރި އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ބަދަލުގައި އެސްކްރޯ އެކައުންޓަށް އެހެން ފައިސާތަކެއް ޖަމާކޮށް، ޚިޔާނާތުގެ ފައިސާއިން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްމަންޓްކޮށް މަންފާ ހޯދައި އަސްލު އޮޅުވާލައިފައިވާކަމަށެވެ.

ޢާޒީ ވިދާޅުވި ގޮތުގައި، އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާއިން އިސްލާމިކް ބޭންކްގައި ހުޅުވާފައި ހުރި ރައީސް ޔާމިންގެ އެކައުންޓަށް ދެ ފަހަރައްގެ މަތިން އެއްމިލިއަން ޑޮލަރު ވަނީ ޖަމާކޮށްފައެވެ.

ރައީސް ޔާމިން މިނިވަން ކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ދަނީ ކެނޑިނޭޅި ސަރުކާރަށް ގޮވާލަމުންނެވެ. ނަމަވެސް މިހާތަނަށް އައި އިރުވެސް އެ ކޯލިޝަންގެ މި ހުށައެޅުމަކަށް ސަރުކާރުން އިޖާބަ ދީފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް