ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަކީ ޤައުމެއްގެ ވެރިއަކަށް ވުމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫން ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝެއިހް ޒައިދު ވިދާޅުވީ، ލާދީނީ ޖަމިއްޔާ އެމްޑީއެން އިން އިސްލާމް ދީނަށް ފުރައްސާރަ ކުރުމުން، އެބައިމީހުން ދިފާއު ކުރެއްވީވެސް ކުރީގެ ރައީސް ނަޝީދު ކަމަށެވެ. މިއީ ކުޑަ މިސާލެއް ކަމަށާއި އެކަން ރަނގަޅަށް ހަނދާން އެބަހުރި ކަމަށް ޒައިދު ވިދާޅުވެފައި ވެއެވެ.
" ރައީޝް ނަޝީދުގެ ފިކުރުތައް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އެނގޭ! ވީމާ ސޮރީއޭ ދެންނެވޭނީ" ޒައިދު ވިދާޅުވެފައި ވެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ، ކުރީގެ ރައީސް ނަޝީދު ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ޞާލިޙަށް މެސެޖެއް ކުރެއްވުމާއި ގުޅިގެންނެވެ. މިކަމާ ނުރުހުން ފާޅުކޮށް ގިނަ ބަޔަކު ޓުވީޓް ކުރަމުން ދާއިރު، ޑރ މުހައްމަދު އިޔާޒް ވެސް ވަނީ އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
އިޔާޒް ވިދާޅުވީ 24 ގަޑިއިރު ހަމައިގަ ނުހުންނަ މީހަކަށް ބޮޑުވަޒީރުކަން ދީގެން ނުވާނެ ކަމަށާއި ރައީސް މުހައްމަދު ނަޝީދަކީ އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް ބަހައްޓަން ހެޔޮވާވަރުގެ ބޭފުޅެއްވެސް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް