ރައްޔިތުން ކޮށްފައިވާ ހުކުމެއް ބަދަލު ކުރެވޭތީ ރައްޔިތުންނަށް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
އޭނާ މިހެން ވިދާޅުވީ ރާއްޖޭގެ ބޮޑުވަޒީރު ކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖެއް ފޮނުވުމާއި ގުޅިގެންނެވެ. ބައެއް މިނިސްޓަރުންނަށްވެސް ފޮނުއްވި މި މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ އެއް ފަރާތެއްގައި ނުހުންނަވާ ގައުމުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށެވެ.
އަލީ ހުސެއިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން ކޮށްފައިވާ ހުކުމެއް ބާތިލް ކުރެވޭނީ އަލުން ގޮސް ރައްޔިތުންގެ ގާތުގައި އަހައިގެން ކަމަށެވެ. އަލީ އެ ވިދާޅުވީ ނިޒާމް ބަދަލު ކުރަން ބޭނުން ނަމަ ނަޝީދު ރައީސް ސޯލިހަށް މެސެޖު ކުރެއްވުމުން އެކަން ނުވާނެ ކަމަށެވެ.
https://twitter.com/AleeVoice/status/1383997511111643144
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް