ނިޒާމު ބަދަލު ކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާއަށް ގެންނާކަށް ނޫން: ޑރ. ވަހީދު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީ ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ. ޑރ. ވަހީދު މިހެން ވިދާޅުވެފަ...

19 Apr 2021 | 06:25

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރާނީ ވަކި މީހަކު ވެރިކަމުގެ ހަވާސާގައި ހުންނަން ޖެހޭތީ ނޫން ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ޑރ. ވަހީދު މިހެން ވިދާޅުވެފައި މިވަނީ ރާއްޖޭގެ ބޮޑުވަޒީރު ކަން ބޭނުންފުޅުވާ  ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައިސް މުހައްމަދު ނަޝީދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މެސެޖެއް ފޮނުވުމާއި ގުޅިގެންނެވެ. ބައެއް މިނިސްޓަރުންނަށްވެސް ފޮނުއްވި މި މެސެޖުގައި ނަޝީދު ވިދާޅުވެފައިވަނީ އެއް ފަރާތެއްގައި ނުހުންނަވާ ގައުމުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށެވެ.

ނަޝީދުގެ މި މެސެޖާއި ގުޅިގެން ވަހީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވެރިކަމުގެ ނިޒާމަށް ގެންނަ ބަދަލަކީ ރާއްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ފެނުމުންނޫނީ ނިޒާމު ބަދަލު ކޮށްގެން ނުވާނެ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ވަކި މީހަކު ވެރިކަމުގެ ހަވާސާއަށް ގެންނަން ނިޒާމު ބަދަލު ކުރަން ނުޖެހޭ ކަމަށެވެ.

https://twitter.com/DrWaheedH/status/1384023154058665987

ރައީސް އަށް ނަޝީދު ފޮނުއްވި މި މެސެޖާއި ގުޅިގެން ސިޔާސީ ފަރާތްތަކާއި އާންމުންގެ ފާޑުކިޔުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް