ސާރާއަކަށް ނުހުރެވުނު، ހަތަރު މަސް ފަހުން އަނެއްކާވެސް ރާއްޖޭގައި

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ސާރާ އަލީ ހާން ޗުއްޓީ ހޭދަ ކުރަން އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ. މިއީ މިއަހަރު އޭނާ ރާއްޖެ އައި ދެވަނަ ދެވަނަ ފަހަރެވެ. އެންމެ ފަހުން އޭނާ ރާއްޖެ އައިސްފަ...

19 Apr 2021 | 06:05

ބޮލީވުޑްގައި ކުރިއަރަމުން އަންނަ ބަތަލާ ސާރާ އަލީ ހާން ޗުއްޓީ ހޭދަ ކުރަން އަނެއްކާވެސް ރާއްޖެ އަތުވެއްޖެ އެވެ.

މިއީ މިއަހަރު އޭނާ ރާއްޖެ އައި ދެވަނަ ދެވަނަ ފަހަރެވެ. އެންމެ ފަހުން އޭނާ ރާއްޖެ އައިސްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު އެވެ.

ސާރާ މިފަހަރު ރައްޖެ އައިސް އުޅެނީ މަންމަ އަމްރީތާ ސިންގް އާއި އެކު އެވެ. މިދިޔަ ހޮނިހިރު ދުވަހު ސާރާ ރާއްޖެ އައިސްފަ ވީނަމަވެސް ޗުއްޓީ ހޭދަ ކުރަމުންދަނީ ކޮން ރިސޯޓެއްގައި ކަމެއް އަދި ނޭނގެ އެވެ.

މިހާތަނަށް އޭނާގެ ރަސްމީ އިންސްޓަގްރާމް ޕޭޖުގައި ރާއްޖެއާއި ގުޅޭ މާގިނަ ފޮޓޯ ތަކެއް ހިއްސާ ނުކުރި ނަމަވެސް ރޭގަނޑުގެ މަންޒަރަކާއި ރިސޯޓުގެ ގޮނޑުދޮށުގައި ހިނގާ ވީޑިއޯއެއް ސްޓޯރީއަށް ލައިފަވެ އެވެ.

ސާރާ ރާއްޖެ އައިސްފަ މިވަނީ އިންޑިއާގެ ކަޝްމީރުގައި ޗުއްޓީ ހޭދަ ކުރުމަށް ފަހު އެނބުރި މުމްބާއީއަށް ދިޔަތާ ދެ ދުވަސް ވަރު ފަހުންނެވެ.

އެންމެ ފަހުން ސާރާ ރާއްޖެ އައީ މަންމެ އިތުރުން ކޮއްކޮ އިބްރާހިމް އަލީ ހާން އާއި އެކު އެވެ. އެދަތުރުގައި ސާރާ ގިނަ ފޮޓޯތަކެއް ހިއްސާކޮށް ރާއްޖޭގެ ރީތި މަންޒަރުތައް މުޅި ދުނިޔެއަށް ދައްކާލާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް