މީ ރަސްކަމުން ޖުމްހޫރިއްޔަތަށް ބަދަލުވި ދުވަސްވަރެއް ނޫން: އަމީން

ގައުމީ މަޞްލަޙަތު ދޫކޮށް ވަކި މީހެއްގެ ޝާނާއި ޝައުކަތަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލްކުރުމަކީ އެބައެއްގެ ހިތުގައި ގައުމާ މެދު އެއްވެސް ފަރުވާލެއް ނެތްކަމާއި ޒާތީ އެދުމުގައި ހައްދު ފަހަނަޅާފައިވާ މިނ...

19 Apr 2021 | 05:57

ގައުމީ މަޞްލަޙަތު ދޫކޮށް ވަކި މީހެއްގެ ޝާނާއި ޝައުކަތަށްޓަކައި ވެރިކަމުގެ ނިޒާމް ބަދަލްކުރުމަކީ އެބައެއްގެ ހިތުގައި ގައުމާ މެދު އެއްވެސް ފަރުވާލެއް ނެތްކަމާއި ޒާތީ އެދުމުގައި ހައްދު ފަހަނަޅާފައިވާ މިންވަރު ހާމަވާކަ ކަމަށާއި، މީ ރަސްކަމުން ޖުމްހޫރިއްޔަތަށް ބަދަލްވި ދުވަސްވަރެއް ނޫން ކަމަށް ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރ އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑރ އަމީން އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަމީން މިހެން ވިދާޅުވީ، ކުރީގެ ރައީސް މުޙައްމަދު ނަޝީދު، ރައީސް ޞާލިޙަށް ކުރެއްވި މެސެޖަކާ ގުޅިގެންނެވެ.

އެގޮތުން، ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވެލައްވާކަން، ރައީސް ނަޝީދު ރައީސް ސޯލިހަށް ދަންނަވާފައި ވެއެވެ. އަދި އެ ހިސާބުން، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ބަރުލަމާނީ ކެމްޕޭނު ފަށައިފިއެވެ.

https://twitter.com/ameenmaldives/status/1383994562578763776

މިކަމާ ނުރުހި، ބައެއް ބޭފުޅުން ނުރުހުން ފާޅުކުރަމުން ދެއެވެ. މިގޮތުން އަމީން އިބްރާހިމްގެ އިތުރުން، ޑރ. އިޔާޒް ވެސް ވަނީ މިކަމަށް ނުރުހުން ފާޅުކޮށްފައެވެ.

އެގޮތުން އިޔާޒު ވިދާޅުވީ، 24 ގަޑިއިރު ހަމައިގަ ނުހުންނަ މީހަކަށް ބޮޑުވަޒީރުކަން ދީގެން ނުވާނެ ކަމަށާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް ބަހައްޓަން ހެޔޮވާވަރުގެ ބޭފުޅެއްވެސް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް