ޝިފާޒަށް މަޑި ފެނޭތަ؟

"އަހަމާ ބަހަމާ" ޓީވީ ޝޯގެ ޝޫޓިންއެއް ނެގުމުގެ ކުރިން އެ ޝޯގެ އެއް ހޯސްޓް ކަމަށްވާ މަޝްހޫރު ކޮމޭޑިއަން ހުޝާމް ފޭސްބުކްގައި ކުރި ވަގުތުން ގެނެސްދިން ވީޑިއޯއެއްގައި ދެއްކި ވާހަކައަކަށް ގިނަ ބައެއްގެ ސަމާ...

19 Apr 2021 | 05:45

"އަހަމާ ބަހަމާ" ޓީވީ ޝޯގެ ޝޫޓިންއެއް ނެގުމުގެ ކުރިން އެ ޝޯގެ އެއް ހޯސްޓް ކަމަށްވާ މަޝްހޫރު ކޮމޭޑިއަން ހުޝާމް ފޭސްބުކްގައި ކުރި ވަގުތުން ގެނެސްދިން ވީޑިއޯއެއްގައި ދެއްކި ވާހަކައަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިއްޖެއެވެ

ހުޝާމްއޭ ބުނުމުން ނޭނގިދާނެއެވެ. ނަމަވެސް "އަލީ ސުޕާރި" އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު މި ރާއްޖޭގައި ވަރަަށް މަދުވާނެއެވެ. "އަލީ ސުޕާރީ" އަކީ މިއަދު ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލު ކަމެއް ހޯދާފައިވާ މީހެކެވެ. އެހެން މީހުން ހެއްވާލުމުގެ ހުނަރުވެރިކަން ލިބިފައިވާކުޅަދާނަ ކޮމީޑިއަން އެކެވެ.

ބަނދަރު ސަރަހައްދުން ވަގުތުން ގެނެސްދިން އެ ވީޑިއޯގައި ވެސް މަޖާ އެައް ވާހަކައެއް ހުޝާމް ދެއްކިއެވެ. އެކަމަކު ގިނަބަޔަކަށް މި ފަހަރު އަޅައިގަތީ "ރަނޑު އަޑަކުން" އޭނާ ދެއްކި ވާހަކައެވެ. އޭނާ ދައްކަމުން ދިޔައީ ފަޅު ތެރޭގައި އުޅުނު ގިނަ އަދަދެއްގެ މަޑިތަކެއްގެ ވާހަކައެވެ. "ބަޔަކޫ.. ސޮރަކޫ.. މީހަކޫ ހުސްމަޑި... ޝިފާޒް ޔޫއަށް ފެނޭތަ މަޑި؟" މަޖާ ރާގެއްގައި މަޑިތަކަށް އިޝާރަތްކޮށް އޭނާ ދެމި ބަނދިވަރު މަޖާވެގެން ޓިކްޓޮކް ވީޑިއޯތަކުގައި ވެސް އެ އަޑުކޮޅު ބޭނުން ކުރަން ފަށައިފިއެވެ.

އަލީ ސުޕާރިގެ އެ ވީޑިއޯ މިހާތަނަށް 637 މީހުން ޝޭއާކޮށްފައި ވެއެވެ. އަދި 44000ށް ވުރެ ގިނަ މީހުން އެ ވީޑިއޯ ބަލާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް