އެމީހެއްގެ އަމިއްލަ މަސައްކަތުން ހޯދާ ތަކެތި ކައިބޮއި އުޅުމުގެ މާތްކަން

މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ ދުނިޔޭގައި ޚަލީފާ ވެރިކުރައްވާފައިވަނީ ދުނިޔެ އާރާސްތުކުރުމަށެވެ. އެގޮތުން އިންސާނާ ދުނިޔޭގައި ދިރިއުޅެވޭނެ ވަޞީލަތްތަކާއި، އިންސާނާއަށް ބޭނުންވާ ތަފާތު ތަކެތި ވަނީ...

19 Apr 2021 | 04:53

މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ ދުނިޔޭގައި ޚަލީފާ ވެރިކުރައްވާފައިވަނީ ދުނިޔެ އާރާސްތުކުރުމަށެވެ. އެގޮތުން އިންސާނާ ދުނިޔޭގައި ދިރިއުޅެވޭނެ ވަޞީލަތްތަކާއި، އިންސާނާއަށް ބޭނުންވާ ތަފާތު ތަކެތި ވަނީ ލައްވަވާފައެވެ. އިންސާނާ ދުނިޔޭގައި ހުރުމަށްޓަކައި ﷲ ވަނީ ކެއުމާއި ބުއިން ލައްވާފައެވެ.

• އެގޮތުން އިސްލާމް ދީނަކީ މަސައްކަތްތެރިކަމަށް ބާރު އަޅާ ދީނެކެވެ. މާތް ﷲ ކީރިތި ޤުރުޢާނުގެ ޖުމްޢަ ސޫރަތުގެ 10 ވަނަ އާޔަތުގައި ވާޙީ ކުރައްވާފައިވެއެވެ. فَإِذَا قُضِيَتِ الصَّلاةُ فَانتَشِرُوا فِي الأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ ( الجمعة: ١٠ ) " ފަހެ ނަމާދުކޮށް އަވަދިވެއްޖެ ހިނދު ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން، ﷲ ގެ ފަޟުލަވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި ނަސީބު ލިނުމަށްޓަކައެވެ."

އިސްލާމްދީނުގައި އެންމެބޮޑަށް ބާރު އަޅުއްވާފައިވަނީ އެމީހެއްގެ އަމިއްލަ މަސައްކަތުން ދާ އޮހޮރުވައިގެން ހޯދާ ތަކެތި ކައިބޮއި އުޅުމަށެވެ. އުއްމަތައް ރަހްމަތެއް ކަމުގައި ފޮނުއްވި ރަސޫލާ މުޙައްމަދު صلى الله عليه وسلم حديث ކުރައްވާފައިވެއެވެ. مَا أَكَلَ أَحَدٌ طَعَامًا قَطُّ خَيْرًا مِنْ أَنْ يَأْكُلَ مِنْ عَمَلِ يَدِهِ وَإِنَّ نَبِيَّ اللَّهِ دَاوُدَ كَانَ يَأْكُلُ مِنْ عَمَلِ يَدِهِ (صحيح البحارى) "މާނައީ: އެއްވެސް މީހަކު ކާއެއްޗަކަށް، ތިމާގެ އަމިއްލަ މަސައްކަތުން ހޯދާ އެއްޗަކަށްވުރެ ވަކި ހެޔޮކަންބޮޑު އެއްޗެއް ނުވެއެވެ. ހަމަކަށަވަރުން ދާވޫދުގެފާނު ފަރީއްކުޅުއްވާ ހެއްދެވީ އެކަލޭގެފާނު ދެ އަތްޕުޅުގެ މަސައްކަތުންނެވެ."

ރަސޫލުބޭކަލަކަށް ވެވަޑައިގަތުމުގެ އިތުރުން އެއްވެސް މީހަކަށް ލިބިފައި ނުވާވަރުގެ ވެރިކަމާއި ރަސްކަމެއް ކީރިތި ވަންތަ ﷲ ވަނީ ދާވޫދުގެފާނަށް ދެއްވާފައެވެ. އެކަމަކުވެސް އެކަލޭގެފާނު ފަރީއްކުޅުއްވައި އުޅުއްވީ، އަމިއްލަފުޅަށް މަސައްކަތްކުރައްވައިގެން ލިބިވަޑައިގަންނަވާ އެއްޗަކުންނެވެ. އާދަމްގެފާނު ދަނޑުގޮވާން ކުރައްވައި އުޅުއްވިއެވެ.

މާތް ﷲ ސުބްޙާނަހޫ ވަތަޢާލާ އިންސާނާ ދުނިޔޭގައި ޚަލީފާ ވެރިކުރައްވާފައިވަނީ ދުނިޔެ އާރާސްތުކުރުމަށެވެ. އެގޮތުން އިންސާނާ ދުނިޔޭގައި ދިރިއުޅެވޭނެ ވަޞީލަތްތަކާއި، އިންސާނާއަށް ބޭނުންވާ ތަފާތު ތަކެތި ވަނީ ލައްވަވާފައެވެ. އިންސާނާ ދުނިޔޭގައި ހުރުމަށްޓަކައި ﷲ ވަނީ ކެއުމާއި ބުއިން ލައްވާފައެވެ.

• އެގޮތުން އިސްލާމް ދީނަކީ މަސައްކަތްތެރިކަމަށް ބާރު އަޅާ ދީނެކެވެ. މާތް ﷲ ކީރިތި ޤުރުޢާނުގެ ޖުމްޢަ ސޫރަތުގެ 10 ވަނަ އާޔަތުގައި ވާޙީ ކުރައްވާފައިވެއެވެ. فَإِذَا قُضِيَتِ الصَّلاةُ فَانتَشِرُوا فِي الأَرْضِ وَابْتَغُوا مِن فَضْلِ اللَّهِ وَاذْكُرُوا اللَّهَ كَثِيرًا لَّعَلَّكُمْ تُفْلِحُونَ ( الجمعة: ١٠ ) " ފަހެ ނަމާދުކޮށް އަވަދިވެއްޖެ ހިނދު ފަހެ، ތިޔަބައިމީހުން ބިމުގައި ފެތުރިގަންނާށެވެ! (އެބަހީ: ޙަޔާތުގެ މައިދާނަށް ނުކުންނާށެވެ!) އަދި ތިޔަބައިމީހުން، ﷲ ގެ ފަޟުލަވަންތަކަމުން (ދެއްވުމަށް) އެދޭށެވެ! އަދި ތިޔަބައިމީހުން ގިނަގިނައިން ﷲ ހަނދުމަކުރާށެވެ! އެއީ، ތިޔަބައިމީހުން ދިންނަވައި ނަސީބު ލިނުމަށްޓަކައެވެ."

ލިޔުން: ސޯޝަލްމީޑިއާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް