24 ގަޑިއިރު ހަމައިގަ ނުހުންނަ މީހަކަށް ބޮޑުވަޒީރުކަން ދީގެން ނުވާނެ ކަމުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވީ "ރައީސް ނަޝީދު ރައީސް ސޯލިހަށް: ބޮޑުވަޒީރަކަށް ވާން ބޭނުން" މި ސުރުހީގައި ދިޔަރެސް ނޫހުގައި ލިޔެފައިވާ ހަބަރުގެ ޓްވީޓަށް ދެއްވާފައިވާ ރައްދެއްގައެވެ.
އިޔާޒް ވިދާޅުވެފައިވަނީ ރައީސް މުހައްމަދު ނަޝީދަކީ އެއްވެސް މުއައްސަސާއެއްގެ ވެރިއަކަށް ބަހައްޓަން ހެޔޮވާވަރުގެ ބޭފުޅެއްވެސް ނޫން ކަމަށެވެ.
"އޭނާއަކީ ދިވެހިންގެ އަގީދާ ފުނޑުފުނޑު ކޮށްލަން އުޅޭ ބޭރުގެ އެޖެންޓެއް، އޭނާއާއިމެދު ސަމާލުވާންޖެހޭ" ޑރ. އިޔާޒް ވިދާޅުވެފައިވެއެވެ.
https://twitter.com/dr_iyaz/status/1383916209905672205
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު ރައީސް ސޯލިހަށް ފޮނުއްވެވި މެސެޖެއްގައި ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވެލައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް