ރައްޔިތުންގެ ވޯޓަކުން ނިންމާފަ އޮތްކަމެއް ދެތިން މީހަކު ހަމަ ތިބެލާފަ ބަދަލެއް ނުކުރެވޭނެ: އައްޑޫ ޝަރީފް

ރައްޔިތުން ކަނޑަ ނިޒާމެއް ބަދަލުކުރެވޭނީ އަނެއްކާވެސް ރައްޔިތުންގެ ވޯޓަކުން ކަމަށާއި ރައްޔިތުންގެ ވޯޓަކުން ނިންމާފަ އޮތްކަމެއް ދެތިން މީހަކު ހަމަ ތިބެލާފަ ބަދަލެއް ނުކުރެވޭނެ ކަމުގައި އައްޑޫސިޓީ މަރަދ...

18 Apr 2021 | 22:59

ރައްޔިތުން ކަނޑަ ނިޒާމެއް ބަދަލުކުރެވޭނީ އަނެއްކާވެސް ރައްޔިތުންގެ ވޯޓަކުން ކަމަށާއި ރައްޔިތުންގެ ވޯޓަކުން ނިންމާފަ އޮތްކަމެއް ދެތިން މީހަކު ހަމަ ތިބެލާފަ ބަދަލެއް ނުކުރެވޭނެ ކަމުގައި އައްޑޫސިޓީ މަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އައްޑޫ ޝަރީފް މިހެން ވިދާޅުވެފައިވަނީ މިހާރު ކުރިއަށްދާ ބަރުލަމާނީ ބަހުސްގައި ކުރެއްވި ޓްވީޓްތަކެއްގައެވެ.

އޭނާ ވިދާޅުވެފައިވަނީ ރައްޔިތުން ވެރިކަމުގެ ނިޒާމު ބަދަލުކުރީ އެކަކަށް ދައުލަތުގެ އެތައް ވަޒީފާއެއް އޮތުން ރަނގަޅު ކަމެއް ކަމަށް ނުފެނިގެން ކަމަށެވެ.

"މިސާލަކަށް ރައީސުލްޖުމްހޫރިއްޔާ ކަމާ، އެމްއެމްއޭގެ ގަވަރުނަރުކަމާ ފިނޭންސް މިނިސްޓަރު، ޑިފެންސް މިނިސްޓަރުކަން އެއް ބޭފުޅަކަށް އޮތުން ރަނގަޅު ނުވެގެން. އެމްޕީ ކަމާ، ޓްރޭޑް މިނިސްޓަރު ކަމާ އެސްޓީއޯގެ އެމްޑީކަން އެއްބޭފުޅެއް ހުންނެވުން ކަމު ނުގޮސްގެން" އައްޑޫ ޝަރީފް ވިދާޅުވެފައިވެއެވެ.

އިތުރަށް ވިދާޅުވެފައިވަނީ މި ދެކެވެނީ އަނެއްކާވެސް ނޫ ގާނޫނު އަސާސީ ރުޖޫއަ ކުރުމުގެ ވާހަކަ ކަމަށެވެ.

https://twitter.com/AdduShareef/status/1383892622977077250

ބަރުލަމާނީ ބަހުސް އަނެއްކާވެސް ހޫނުވެފައިމިވަނީ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ބޭނުންފުޅުވެލައްވާކަމަށާއި ބޮޑުވަޒީރުކަންވެސް ބޭނުންފުޅުވެލައްވާކަމަށް ވިދާޅުވެ ރައީސް ނަޝީދު ރައީސް ސޯލިހަށް މެސެޖެއް ފޮނުއްވެވި ހިސާބުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް