އިބްރާ ސިފަކުރަނީ، ރައީސް ނަޝީދު ގެންނަން އުޅެނީ ބަގާވާތެއް ކަމަށް !

އިބްރާ ސިފަކުރަނީ، ރައީސް ނަޝީދު ގެންނަން އުޅެނީ ބަގާވާތެއް ކަމަށް ! ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް، ރައީސް ނަޝީދު މިހާރު ގެންނަން އުޅެނީ ބަގާވާތެއްގެ ގޮތުގައި، އެމްޑީޕީގެ ފުރަތަމަ ރައީ...

18 Apr 2021 | 22:39

އިބްރާ ސިފަކުރަނީ، ރައީސް ނަޝީދު ގެންނަން އުޅެނީ ބަގާވާތެއް ކަމަށް !

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް، ރައީސް ނަޝީދު މިހާރު ގެންނަން އުޅެނީ ބަގާވާތެއްގެ ގޮތުގައި، އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއި (އިބްރާ) ސިފަ ކުރައްވައިފިއެވެ.

ބޮޑުވަޒީރުކަން ބޭނުންފުޅުވާކަން، ރައީސް ނަޝީދު ރައީސް ސޯލިހަށް މެސެޖަކުން ދަންނަވާފައިވާއިރު އެ ބަހުސް ސޯޝަލް މީޑިއާގައި ކުރިއަށްދާއިރު އިބްރާ ވިދާޅުވެފައިވަނީ "އޭރުވެސް، މިހާރުވެސް، އަބަދުވެސް ބަގާވާތާ ދެކޮޅު" ކަމަށެވެ.

މި މައުލޫގައި އިބްރާ އިތުރަށް ވިދާޅުވެފައިވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު، މުހައްމަދު ރަޝީދު ހޮވަން އިބްރާ ވޯޓުދެއްވީ މިހާރު އޮތް ރިޔާސީ ނިޒާމުގައި ގާނޫނު ހަދާ މަޖިލީހުގައި ބައިންދަން ކަމަށެވެ.

"ބޮޑުވަޒީރަކު ހޮވައިގެން ވެރިކަން ހިންގުމުގައި އުޅޭކަށް ނޫން" އިބްރާ ވިދާޅުވެފައިވެއެވެ.

ހަމަ މި ބަހުސުގައި އިބްރާ ވިދާޅުވެފައިވަނީ ނިޒާމު ބަދަލުކުރަންޏާ މަޖިލިސް ޖެހޭނީ އަލުން ހޮވަން ކަމަށެވެ.

https://twitter.com/ibramandhu/status/1383894855634485251

"ތިޔަތާކު ނެތް ވަޒީރުކަން ހަވާލުކުރެވޭނެ އެކަކުވެސް" ބަރުލަމާނީ ނިޒާމުގައި ވަޒީރުން ކަނޑައަޅާގޮތަށް ރިއާޔަތްކޮށް އިބްރާގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

އިބްރާ އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުން ނިންމާފަ އޮތްކަމެއް މަޖިލީހުން ބަދަލެއް ނުކުރެވޭނެ ކަމަށެވެ. ރައީސް ނަޝީދު އުޅުއްވަނީ ހައިސިއްޔަތު އޮޅިގެން ކަމަށެވެ.

"އަންނި މަޖިލީހުގައި އިންނަނީ އެންމެ ދާއިރާއެއް ތަމްސީލުކުރަން" މިހާރު އޮތް ގާނޫނުއަސާސީ އެކުލަވާލިއިރު ޑްރާފްޓިން ކޮމިޓީގެ މުގައްރިރު ކަންވެސް ކުރެއްވި އިބްރާ ވިދާޅުވެފައިވެއެވެ.

އިބްރާ މިހެން ވިދާޅުވެފައިވާއިރު ރައީސް ނަޝީދު، ރައީސް ސޯލިހަށް މިރޭ ފޮނުއްވެވި މެސެޖެއްގައި ވިދާޅުވެފައިވަނީ ވެރިކަން ކުރުމުގެ ނިޒާމު ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން އެމަނިކުފާނު ބޭނުންފުޅުވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް