ވެރިކަމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަށް ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވެލައްވާކަން، ރައީސް ނަޝީދު ރައީސް ސޯލިހަށް ދެންނެވި ހިސާބުން، ރައީސް ނަޝީދަށް ތާއީދު ކުރައްވާ ފަރާތްތަކުން ބަރުލަމާނީ ކެމްޕޭނު ފަށައިފިއެވެ.
އެގޮތުން މި ކެމްޕޭނު އެންމެ ބޮޑަށް ކުރިއަށްދަނީ ޓްވިޓާގައެވެ.
https://twitter.com/HajjaUaan/status/1383881579936718851
ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ ޓްވިޓާގައި، ބަރުލަމާނީ ނިޒާމަށް ތާއީދުކުރާކަން ހާމަކޮށް ޓްވީޓްތައް ކުރަމުންނެވެ. ބަރުލަމާނީ ނިޒާމު ރަނގަޅުކަން ހާމަކޮށް ވަކާލާތު ކުރަމުންނެވެ.
https://twitter.com/AlaikaAyesh/status/1383878808063725570
ރައީސް ނަޝީދަށް ތާއީދުކުރައްވާ ފަރާތްތަކުން ބަރުލަމާނީ ކެމްޕޭނު ފަށާފައިމިވަނީ، ބޮޑުވަޒީރުކަން ބޭނުންފުޅުވެލައްވާކަން ރައީސް ނަޝީދު ސީދާ ރައީސް ސޯލިހަށް ދެންނެވި ހިސާބުންނެވެ.
https://twitter.com/AliSajidMDP/status/1383881594394406918
ރައީސް ނަޝީދު މިކަން ރައީސް ސޯލިހަށް ދެންނެވީ މިރޭ ފޮނުއްވެވި މެސެޖަކުންނެވެ. އެ މެސެޖުގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެއް ފަރާތެއްގައި ހުންނަން ބޭނުންފުޅުވެ ނުލައްވާކަމަށެވެ. ވެރިކަމުގެ ނިޒާމު ބަދަލުކޮށް ބޮޑުވަޒީރުކަން ބޭނުންފުޅުވެލައްވާކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަކީ މަޖިލީހުން އިންތިހާބުކުރާ ފަރާތަކަށް ވާން ބޭނުންފުޅުވެލައްވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް