ބޮޑުވަޒީރުކަން ބޭނުންފުޅުވެލައްވާކަން ރައީސް ނަޝީދު ރައީސް ސޯލިހަށް ދަންނަވައިފި

ރާއްޖޭގެ ބޮޑުވަޒީރުކަން ރައީސް ނަޝީދު ބޭނުންފުޅުވާކަން ރައީސް ސޯލިހަށް ދަންނަވައިފިއެވެ. ރައީސް ނަޝީދު ރައީސް ސޯލިހަށް މިކަން ދެންނެވީ ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް ނަޝީދުގެ އެ މެސެޖ...

18 Apr 2021 | 20:22

ރާއްޖޭގެ ބޮޑުވަޒީރުކަން ރައީސް ނަޝީދު ބޭނުންފުޅުވާކަން ރައީސް ސޯލިހަށް ދަންނަވައިފިއެވެ.

ރައީސް ނަޝީދު ރައީސް ސޯލިހަށް މިކަން ދެންނެވީ ރައީސް ސޯލިހަށް ފޮނުއްވި މެސެޖެއްގައެވެ.

ރައީސް ނަޝީދުގެ އެ މެސެޖުގައި ވިދާޅުވެފައިވަނީ އެއް ފަރާތެއްގައި ނުހުންނަވާ ގައުމުގެ ބޮޑުވަޒީރު ކަމަށް ވަޑައިގެން ގައުމު ހިންގަވަން ބޭނުންފުޅުވާކަމަށެވެ.

މި މެސެޖު ކެބިނެޓުގެ ބައެއް ވަޒީރުންނަށާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށްވެސް ރައީސް ނަޝީދު ފޮނުއްވެވިއެވެ.

ބޮޑުވަޒީރުކަން ބޭނުންފުޅުވާކަން ރައީސް ނަޝީދު މިހާ ފާޅުކަންބޮޑުގޮތެއްގައި ހާމަކުރައްވާފައިވާއިރު ކޯލީޝަންގެ މި ވެރިކަން އައި ހިސާބުން އެކި ގޮތްގޮތުން މި ވާހަކަ ދަނީ މަޑުމަޑުން ދެކެވެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް