ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ 70 ބިދޭސީއަކު މާދަމާ ފޮނުވާލެވޭނެ: ފޮރިން މިނިސްޓަރު

ގަވާއިދާ ހިލާފަށް އުޅޭ 70 ބިދޭސީއަކު މާދަމާ އެ ގައުމަށް ފޮނުވާލެވޭނެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާނުކުރައްވައިފިއެވެ. އެގޮތުން އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ އަންނަ...

19 Apr 2020 | 18:11

ގަވާއިދާ ހިލާފަށް އުޅޭ 70 ބިދޭސީއަކު މާދަމާ އެ ގައުމަށް ފޮނުވާލެވޭނެކަން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއުލާނުކުރައްވައިފިއެވެ.

އެގޮތުން އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާދަމާ އަންނަ ބަންގްލަދޭޝްގެ އިވެކުއޭޝަން ފްލައިޓެއްގައި 70 ބިދޭސީއަކު އެ ގައުމަށް ފޮނުވާލެވޭނެކަމަށެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރ އޭކޭ އަބްދުލް މޫމިން އަށް ޝުކުރު ދަންނަވާ ކަމަށެވެ.

އަދި ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ އިތުރު ބިދޭސީންވެސް ފޮނުވާލުމުގެ މަސައްކަތް ކުރާނެ ކަމަށް ޝާހިދު ވިދާޅުވެފައިވެއެވެ.

މާދާމާ އަންނަ ބަންގްލަދޭޝްގެ އަސްކަރީ ފްލައިޓްގައި އެގައުމުގައި ތިބި 53 ދިވެހިންނާއި، ނޭޕާލުގައި ތިބި 18 ދިވެހިންގެ އިތުރުން ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަށް އަންނަ 10 މީހުންގެ މައްޗަށް އެކުލެވޭ މެޑިކަލް ޓީމެއްވެސް އަންނާނެއެވެ.

https://twitter.com/abdulla_shahid/status/1251931754576916482

ގަވާއިދާ ހިލާފަށް އުޅޭ 70 ބިދޭސީއަކު ފޮނުވާލެވޭނެކަން އަބްދުﷲ ޝާހިދު އިއުލާނުކުރައްވާފައިވާއިރު ރާއްޖޭގައި 52 މީހަކަށް ކޯވިޑް-19 ޖެހިފައިވާއިރު މާލެއިން މިހާތަނަށް ޕޮޒިޓިވްވި 31 މީހުންގެ ތެރެއިން 15 މީހުންނަކީ ބަންގްލަދޭޝަށް ނިސްބަތްވާ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް