ގައިދީންނަށް އޮންލައިންކޮށް ފައިސާ ފޮނުވޭ ގޮތް ހަދައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބި މީހުންނާއި ގައިދީންނަށް އޮންލައިކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ. ކަރެކްޝަންސް އިން ބުނީ އާއިލާތަކުން ގައިދީންނަށް...

19 Apr 2020 | 14:32

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ބަންދުގައި ތިބި މީހުންނާއި ގައިދީންނަށް އޮންލައިކޮށް ފައިސާ ފޮނުވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.

ކަރެކްޝަންސް އިން ބުނީ އާއިލާތަކުން ގައިދީންނަށް ފައިސާ ފޮނުވަން ބޭނުންވާ ނަމަ އެކަމަށް އެދެން ޖެހޭނީ އީމެއިލް މެދުވެރިކޮށް ކަމަށެވެ. އެ އީމެއިލް އެޑްރެހަކީ [email protected] އެވެ.

އެ އިދާރާއިން ވަނީ މިކަމަށް ހާއްސަ އެކައުންޓު ނަމްބަރެއް ކަނޑައަޅާފައި އެވެ.

ގައިދީންނަށް ފައިސާ ފޮނުވާއިރު މި އީމެއިލްއަށް ފޮނުވަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި ފައިސާ ޖަމާކުރި ސްލިޕް ނުވަތަ އޭގެ ސްކްރީންޝޮޓް، ފައިސާ ލިބެންވި ގައިދީ ނުވަތަ ބަންދު މީހާގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރެވެ. ދެން ފޮނުވަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި ފައިސާ ފޮނުވި ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރުގެ އިތުރުން ފޮނުވި ފައިސާގެ އަދަދާއި ފައިސާ ޓްރާންސްފާ ކުރި އެކައުންޓްގެ ނަމެވެ.

ކަރެކްޝަންސް އިން ބުނީ އެ މައުލޫމާތުތައް ފޮނުވުމުން ފައިސާ ލިބިފަ ކުރިކަން ކަށަވަރު ކުރުމަށް ފަހު އީމެއިލް ފޮނުވި ފަރާތަށް ފައިސާ ލިބުނު ކަމުގެ ރަސީދު ފޮނުވާނެ ކަމަށެވެ.

އާންމުކޮށް ޖަލުގައި ތިބޭ ގައިދީންނަށް ފައިސާ ބޭނުންވަނީ ޖަލު ފިހާރައިންނާއި ކެންޓީނުން އަމިއްލަ ބޭނުންތަކަށް ތަކެތި ގަތުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް