ކޯވިޑް-19ގެ މި ހާލަތުގައި މާލޭ ސަރަހައްދުގެ ވަކި ވަކި ގޭގެއަށް ފެން ގެންގޮސްދިނުން މިވަގުތު ހުއްޓާލާފައިވާކަން ތާޒާ ފެން އުފައްދާ އައިލެންޑް ބެވަރެޖަސް ކުންފުނިން ބުނެފިއެވެ.
އެ ކުންފުނިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ކޯވިޑް-19 އާ ގުޅިގެން މާލެއާއި ރާއްޖެއަށް ދިމާވެފައިވާ ހާލަތާގުޅިގެން ވަކިވަކި ގޭގެއަށް ފެން ގެންގޮސްދިނުމަށް މިވަގުތު ދިމާވެފައިވާ ބޮޑެތި ގޮންޖެހުންތަކާ ގުޅިގެން، ވަކިވަކި ގޭގެއަށް ފެން ގެންގޮސްދިނުން މިވަގުތަށް ހުއްޓާލަން އެ ކުންފުނިން ނިންމާފައިވާކަމުގައި އެންމެހާ ކަސްޓަމަރުންގެ މައުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.
ނަމަވެސް މާލެ ސަރަހައްދާއި ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުން ދަތި ނުވެ ތާޒާ ފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން، މާލެ ސަރަހައްދުގެ ފިހާރަތަކަށާއި، ރަށްރަށުން އަންނަ ފަޅުއޮޑި ފަހަރަށް އެ ކުންފުނިން ފޯރުކޮށްދެވުނުހާ އެންމެ ގިނަ އަދަދަކަށް ފެން ފޯރުކޮށްދެމުން ގެންދާނެ ކަމުގައިވެސް ބުނެފައިވެއެވެ.
ތަފްސީލް އަންނަނީ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް