ހުރިހާ ރަށެއްގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފި

ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ފަރުޟު ފަސް ނަމާދު ކުރުމާއި ހުކުރު އަދި ކުރިޔަށް އޮތް ރޯދަ މަހު ތަރާވީޙް ނަމާދު ކުރުން ވަގުތީ ގޮތުން މެދު ކަނޑާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ...

19 Apr 2020 | 10:44

ރާއްޖޭގެ ހުރިހާ ރަށެއްގައި ޖަމާއަތުގައި ފަރުޟު ފަސް ނަމާދު ކުރުމާއި ހުކުރު އަދި ކުރިޔަށް އޮތް ރޯދަ މަހު ތަރާވީޙް ނަމާދު ކުރުން ވަގުތީ ގޮތުން މެދު ކަނޑާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މި ގޮތަށް އަމަލު ކުރަން ފަށާނީ މިރޭ މަޣްރިބް ނަމާދުން ފެށިގެން މިމަހުގެ30 ވަނަ ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ. މިގޮތަށް ނިންމީ ދީނީ އިލްމުވެރިންނާއި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މަޝްވަރާ އާއި އެކު ކަމަށް މިނިސްޓްރީން ބުނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދަށް ބަންގި ގޮވާނެ ކަމަށެވެ. އަދި މިސްކިތްތައް ހުންނާނީ ހުޅުވާފައި ކަމަށާއި ގަވައިދުން މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ބަންގި ގޮވާ ނިމުމަށް ފަހު ގޭގައި ނަމާދު ކުރުމަށް އަރަބި ބަހުންނާއި ދިވެހި ބަހުން އިމާމުން ގޮވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެ އެވެ.

މިގޮތަށް ނިންމީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ނޫންކަމަށް އެޗްޕީއޭއިން ބުނެފައިވާތީ އެވެ. އަދި މިހާރު ރާއްޖޭގައި ވައިރަސް ފެތުރި މުޅި ރާއްޖެ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް