ކޯވިޑް-19: މިއަދު ޕޮޒިޓިވްވި އިންޑިއާ ދެމީހުންނަކީ އޭސީގެ މަސައްކަތް ކުރާ ބައެއް

މިއަދު ޕޮޒިޓިވް ވި އިންޑިއާއަށް ނިސްބަތްވާ ދެމީހުންނަކީ ބްރައިޓް ބްރަދާސްއަށް ނިސްބަތްވާ އޭސީގެ މަސައްކަތް ކުރާ ދެމީހަކު ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ. މިކަން ހާމަކޮށްފައިވަނީ ނޭޝަނަލް އެމަޖެންސީ...

19 Apr 2020 | 10:42

މިއަދު ޕޮޒިޓިވް ވި އިންޑިއާއަށް ނިސްބަތްވާ ދެމީހުންނަކީ ބްރައިޓް ބްރަދާސްއަށް ނިސްބަތްވާ އޭސީގެ މަސައްކަތް ކުރާ ދެމީހަކު ކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް ވިދާޅުވީ ކޭސް 50 އަދި ކޭސް 51 ނިސްބަތްވާ އިންޑިއާގެ ދެ ރައްޔިތުންނަކީ ކޭސް 28 އާއި ގުޅިފައިވާ ޑައިރެކްޓް ކޮންޓެކްޓުން ކަމަށާއި މި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާކަން ހާމަކުރިއެވެ.

މިއަދާއި ހަމައަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި އަދަދު މިހާރު މިވަނީ 51 އަށް އަރާފައެވެ. އަދި މާލެއިން ޕޮޒިޓިވް ވި އަދަދު މިވަނީ 31 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް