މިއަދު ފުރަތަމަ ޕޮޒިޓިވް ވި ބަންގްލަދޭޝް މީހާ (ކޭސް35)، އަކީ މި މަހުގެ 12 ވަނަ ދުވަހު މާލެއިން ހުޅުމާލެއަށް ބަދަލުކުރި މީހެއްކަމަށް އެޗްޕީއޭއިން ހާމަކޮށްފިއެވެ.
އެގޮތުން މިއަދު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މަބްރޫކް ވިދާޅުވީ އެއީ އުމުރުން 28 އަހަރުގެ ބިދޭސީއެއް ކަމަށާއި އޭނާ އަކީ މާލެއިން ހުޅުމާލެ އަމީން ހިޔާ (ބިދޭސީ ހިޔާ) އަށް ބަދަލުކުރި މީހެއް ކަމަށެވެ.
މިއީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ބިދޭސީއެއްކަންވެސް ފާހަގަކުރިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ އޭނާ ހުން އައިސްގެން މި މަހުގެ 15 ވަނަ ދުވަހު ބޭސް ފިހާރައަކުން އަމިއްލައަށް ބޭސް ހޯދި ކަމަށާއި އަދި ފްލޫ ކްލިނިކަށް ގޮސް ޓެސްޓް ކުރީ މިއަދު ކަމަށެވެ.
އަދި މިހާރު އޭނާ ހުރީ މާލޭގެ ގެއެއްގައި ކަމަށާއި އަމީން ހިޔާ މިހާރުވަނީ މޮނީޓަރިން ހާލަތަށް ގެންގޮސް ކޮންޓެކްޓް ޓްރޭސިން ހެދުމާ ޓެސްޓް ކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށް ކަމުގައި ޑރ. ނަޒްލާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް