ހއ. އަތޮޅުގެ ރަށްތަކަކާއި މާލޭގެ އެކި ސަރަހައްދުގައި ހުރި ގޭގެ ހިމެނޭ ގޮތަށް18 ތަނެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.
ހއ. ގެ ގިނަ ރަށްތަކެއް މޮނިޓަރިންގެ ހާލަތަށް ގެނައީ މިއަދު އުލިގަމުގައި ހުރި މީހަކު ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެފައިވާތީ އެވެ. މިހާރު އޭނާ ކޯވިޑް-19 އަށް ޓެސްޓު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށާއި އަދި ނަތީޖާ ނުލިބޭ ކަމަށް ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.
އޭނާ އެ އަތޮޅުގެ ގިނަ ރަށްތަކަކަށް ދަތުރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހއ. އުލިގަމު، ތުރާކުނު، އިހަވަންދޫ، ތަކަންދޫ، ހިރިމަރަދޫ، ހޯރަފުށި، ވައިކަރަދޫ އެވެ.
މާލެއިން މިއަދު ޕޮސިޓިވްވި ކޭސްތަކާއި ގުޅިގެންނާއި އުލިގަމު ކޭސްއާއި ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ތަންތަނުގެ ތެރޭގައި ގާކޮށި 6/03، ގ. ކޯޗާކް، އަމީން ސްޓާފް ބްލޮކް، ޝީޝާ ޝޯ ރޫމް ކައިރީގައި ހުންނަ ސެލޫނެއް، މއ. ކްލައިމެޓް ތިންވަނަ ބުރީގެ އެޕާޓްމެންޓް 1، ގ. އާނޫރާނީ 4 ވަނަ ބުރީގެ އެޕާޓްމެންޓް 4ބީ، ޔޯޓޭސްޓް، ލަގްޒަރީ، ނޯތު ހާބަރުގައި ކުރިމަތީގައި ހުރި ހުރިހާ ފިހާރައެއް، ލަގްޒަރީ ކުރީމަތީގައި ހުންނަ ފަތަހަ ފިހާރަ އެވެ.
އެޗްޕީއޭއިން ބުނީ މި ތަންތަން މޮނިޓަރިންގެ ހާލަތަށް ގެނައީ މިއަދު ޕޮސިޓިވްވި16 މީހުންނާއި ގުޅުން ހުރި މީހުން ގޮސްފައިވާ ތަންތަނާއި ދިރިއުޅޭ ތަންތަނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް