އިތުރު 13 ބިދޭސީއަކު ޕޮޒިޓިވް ވެ މާލެއިން ޕޮޒިޓިވް ވި އަދަދު 29 އަށް އަރާފައިވާކަމަށް އަށްހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފިއެެވެ.
އެޗްޕީއޭއިން ބުނެފައިވާގޮތުގައި ކޭސް 38، ކޭސް39، ކޭސް 40، ކޭސް41، ކޭސް42، ކޭސް43، ކޭސް44، ކޭސް45، ކޭސް46، ކޭސް47، ކޭސް48 އަދި ކޭސް49 ޕޮޒިޓިވްވެފައިވާއިރު މި އެންމެންނަކީވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އަދި މި އެންމެން ގުޅެނީ ކޭސް 27 (ލިލީ ޝިޕިން ކޭސް) އާއި ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ
މި އެންމެން އައިސޮލޭޝަން ފެސިލިޓީއަށް ގެންދިއުމުގެ މަސައްކަތް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ.
މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވް ވި އަދަދު މިވަނީ 49 އަށް އަރާފައެވެ.
https://twitter.com/HPA_MV/status/1251804094089424896
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް