މާފުށީ ޖަލުގައި ރޭ ހިންގި ހަމަނުޖެހުމާއި ގުޅިގެން ޖަލުތަކާއި މެދު އިތުރަށް ހުށިޔާރުވާން ޖެހޭ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު ވިދާޅުވެއްޖެ އެވެ.
ރޭ މާފުށީ ޖަލުގައި ގައިދީން ހަމަނުޖެހުން ހިންގީ ކާންދޭން ބްލޮކްތައް ހުޅުވި ގަޑީގައި އޮފިސަރުންނަށް ހަމަލާދީގެންނެވެ. މި ހަމަލާތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރި ދެ އޮފިސަރަކަށް އަނިޔާވި އިރު ގައިދީއަކަށްވެސް އަނިޔާވި އެވެ.
މިހާދިސާ އާއި ގުޅިގެން ނަޒީރު ވިދާޅުވީ ރޭގެ ހަމަނުޖެހުން ކޮންޓްރޯލް ކުރަން ޕްރިޒަން އޮފިސަރުން މަސައްކަތް ކޮށްފައިވަނީ ކުރީ ފަހަރުތަކާއި އަޅާ ބަލާއިރު ވަރަށް ޕްރޮފެޝަނަލް ކޮށް ކަމަށެވެ. އެކަން އިތުރަށް ޔަގީންވާނީ އިންސިޑެންޓް ރިޕޯޓާއި ޔޫޒް އޮފް ފޯސް ރިވިއު ކޮމިޓީގެ ރިޕޯޓް ލިބުމުން ކަމަށް ވިދާޅުވެފައިވެ އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ އިތުރަށް ހުށިޔާރުވާން ޖެހޭ ކަމެކެވެ.
https://twitter.com/alynazeer/status/1251764036363943937
ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވީ ޖަލުގައި ހަމަނުޖެހުން ހިންގީ މުއައްސަސާތަކަށް ބާރުބޮޑުވެ ކޯވިޑް-19 އާއި ގުޅިގެން ނާޒުކު ދަނޑިވަޅެއްގައި ގައުމުވަނިކޮށް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އިންސާނީ ކަރާމާތަށް އިސްކަން ދީގެން ޖަލު ބެލެހެެއްޓުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް